ކުޅިވަރު

ފްރެންޗް އޯޕަންގެ ފެށުން މަރީ ރަނގަޅުކޮށްފި


ފްރެންޗް އޯޕަން ޓެނިސް މުބާރާތުގެ ދެވަނަ ބުރުން އެންޑީ މަރީ ޖާގަ ހޯދައިފިއެވެ.

މުބާރާތުގެ އެއްވަނައަށް ސީޑްކޮށްފައިވާ އިނގިރޭސި ވިލާތުގެ އެންޑީ މަރީ ދެވަނަ ބުރުން ޖާގަ ހޯދީ ރަޝިޔާގެ އަންދްރޭ ކުޒްނެޓްސޯވާގެ މައްޗަށް ކުރި ހޯދައިގެންނެވެ. މި މެޗް މަރީ ކާމިޔާބުކުރީ ތިން ސެޓް އެއް ސެޓުންނެވެ. މެޗްގެ ސެޓްތައް މަރީ ގެންދިޔައީ 6-4، 4-6، 6-2، އަދި 6-0ންނެވެ. 

މަރީގެ އިތުރުން މުބާރާތުގެ ދެވަނަ ބުރުން ދެން ޖާގަ ހޯދާފައިވަނީ މުބާރާތުގެ ތިންވަނައަށް ސީޑްކޮށްފައިވާ ސްވިޒަރލެންޑްގެ ސްޓޭން ވަވްރިންކާއާ، ސްޕެއިންގެ ފެރްނާންޑޯ ވާރޑަސްކޯއާ، ފްރާންސްގެ ގައެލް މޮންފިލްސް އަދި ޖަޕާންގެ ކެއި ނިޝިކޯރީއެވެ.