ޚަބަރު

ސްރީލަންކަން އެއަރލައިންސްގެ ދަތުރުތައް އޮސްޓްރޭލިއާއަށް ފަށަނީ


ސްރީލަންކަން އެއަރލައިންސްގެ ދަތުރުތައް އޮސްޓްރޭލިއާގެ މެލްބަންއަށް ފެށުމަށް ނިންމައިފިއެވެ.

ސްރީލަންކަން އެއަރލައިންސްއަކީ ދުވާލެއްގެ މައްޗަށް ރާއްޖެއާއި ސްރީލަންކާއާ ދެމެދު އާއްމުގޮތެއްގައި ތިން ދަތުރު އަދި ބައެއް ދުވަސްތަކުގައި ހަތަރު ދަތުރު ކުރާ އެއަރލައިނެކެވެ. އެހެންކަމުން މި ދަތުރުތަކާއެކު މެލްބަންއިން ރާއްޖެއަށް އަންނަން ބޭނުންވާ ފަތުރުވެރިންނަށް ވަރަށްބޮޑަށް ފަސޭހަވެގެންދާނެއެވެ.

img:http://s3.psmnews.mv/images/660x400/14770422174606.jpg|ސްރީލަންކަން އެއަރލައިންސްގެ މަތިންދާ ބޯޓެއް -

ސްރީލަންކާއިން ސީދާ ދަތުރުތައް އޮސްޓްރޭލިއާގެ މެލްބަންއަށް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޫބަރުމަހުގެ 29 ވަނަ ދުވަހުއެވެ. އޮސްޓްރޭލިއާއަކީ މަތީ ތައުލީމް ޙާސިލްކުރުމަށް ދިވެހިން ގިނަ ޢަދަދަކަށް ދަތުރުކުރާ ޤައުމެކެވެ.