ޚަބަރު

މުދާއުފުލާ ދޯންޏެއް ތިލަފުށީ ފަރަށް އަރައިފި


މުދާ އުފުލާ ދޯންޏެއް ތިލަފުށީ ހުޅަނގުފަރާތު ފަރަށް އަރައިފިއެވެ. މިދޯނި ފަރަށް އެރިއިރު ދޯނީގައި ތިބީ ދެ ދިވެހިންނާއި ދެ ބިދޭސީން ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. މި ހަތަރު މީހުންނަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ.

އެމް.އެން.ޑީ.އެފުން ވިދާޅުވީ "ދިރާސާ" ނަމަކަށް ކިޔާ 80 ފޫޓުގެ މި ދޯނި ފަރަށް އެރިކަމުގެ މަޢުލޫމާތު ލިބިފައިވަނީ މިރޭ 10:48ގައި ކަމަށެވެ. އަދި އެސަރަޙައްދުގައި ކޯޓްގާރޑުގެ ޑައިވަރުންގެ ޓީމެއް މިހާރު ހަރަކާތްތެރިވަމުންދާކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ.