ޚަބަރު

ރެޑްބުލްއިން ހުޅުމާލޭގައި ތަރައްޤީކުރާ ޔޫތް ޕާރކް މިއަހަރު ނިމޭނެ


ރެޑްބުލްއިން ހުޅުމާލޭގައި ތަރައްޤީކުރާ ޔޫތް ޕާރކް މި އަހަރު ފަހުކޮޅު ނިމޭނެ ކަމަށް ޔޫރޯ މާރކެޓިންގ އިން ބުނެފިއެވެ.

އެކުންފުނިން ބުނީ، މި އަހަރު ފަހުކޮޅު ޔޫތް ޕާރކް ހުޅުވާނީ، އެތަނުގައި ތަރައްޤީކުރާ ސްކޭޓްޕާރކްވެސް ނިންމުމަށްފަހު އެތަނުގެ ބޭނުން ހިފޭ ގޮތަށް ކަމަށެވެ. ކުރިން އިންޓަރނޭޝަނަލް ސްޓޭންޑާރޑަށް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރި ނަމަވެސް އެކްސްޕާރޓުންގެ ލަފަޔާއެކު އެ ސްޓޭންޑަރޑަށް ވަނީ ބަދަލު ގެނެސްފައެވެ.

ކުރިން ޔޫތް ޕާރކް ނިންމުމަށް ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ނުނިމި ލަސްވީ، އެތަނަށް ގެންނަން ޖެހޭ ބައެއް ބަދަލުތައް ގެންނަން ޖެހުމުގެ ސަބަބުން ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.

ޔޫތް ޕާކް ތަރައްޤީ ކުރުމަށް 2015 ވަނަ އަހަރުގެ ނޮވެމްބަރު މަހު ހަވާލުކޮށްފައިވާނީ ޔޫރޯ މާރކެޓިންގއާއެވެ. ޔޫރޯ މާރކެޓިން އިން 12 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ތަރައްގީކުރާ ޔޫތް ޕާކް ނިމޭއިރު އެތަނުގައި، ސްކޭޓް ޕާރކްއަކާއި، ފުޓްސެލް ދަނޑުތަކާއި، މަލްޓި ޕާރޕަސް ދަނޑުތަކުގެ އިތުރުން ކެފޭއާއި، ބިލިއާރޑް ފަދަ ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމް ހަމަޖެހިފައި ހުންނާނެއެވެ.