ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ދޫކުރާ ފްލެޓްތަކަށް އެދުނު ފަރާތްތައް





 


ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ޚާއްސަ ކޮށްގެން ސަރުކާރުން ދޫކުރުމަށް ހަމަޖެހިފައިވާ ފަނަރަ ފްލެޓަށް އެދި ހުށައެޅި ފަރާތްތަކުގެ ހޯމް އެސެސްމެންޓް ހެދުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް މިނިސްޓްރީ އޮފް ހެލްތް އެންޑް ޖެންޑަރއިން ބުނެފިއެވެ.


ޖެންޑަރ މިނިސްޓްރީން ބުނީ ހޯމް އެސެސްމެންޓް ހަދަން ފަށާފައިވަނީ މިދިޔަ ފެބުރުއަރީ މަހުގައި ކަމަށާއި، މި ހޯމް އެސެސްމެންޓް މިމަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ. އަދި ހޯމް އެސެސްމެންޓް ނިމުމުން 30 ފަރާތެއް ޝޯޓްލިސްޓް ކުރެވިގެންދާނެ ކަމަށެވެ.


 
ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ ތެރެއިން ފަނަރަ ފަރާތަކަށް ފްލެޓް ލިބިގެންދާނެ ކަމަށާއި، ފްލެޓް ދިނުމުގައި މައިގަނޑު ގޮތެއްގައި އިސްކަންދޭނީ، ޖިސްމާނީ ގޮތުން އެންމެ ބޮޑަށް އަސަރު ކޮށްފައިވާ ފަރާތްތަކަށް ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.


 
ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ޚާއްސަ ކޮށްގެން ދޫކުރުމަށް ހަމަޖެހިފައިވާ ފަނަރަ ފްލެޓަށް އެދި ފަސްސަތޭކަ ހަތްދިހައަށްވުރެ ގިނަ ފަރާތްތަކުން މިނިސްޓްރީއަށް ފޯމް ހުށައަޅާފައިވެއެވެ.


 
 


މި ފްލެޓްތަކަކީ ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން އިމާރާތް ކޮށްފައިވާ އެއްހާސް ފްލެޓްގެ ތެރޭގައި ހިމެނޭ ފްލެޓްތަކެކެވެ.