ޚަބަރު

ހައުސިންގ މިނިސްޓަރގެ ނައިބަކަށް ބޭފުޅަކު އައްޔަނުކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާ، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ މިނިސްޓަރުގެ ނައިބުގެ މަގާމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް،‏ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ މިނިސްޓަރުގެ ނައިބުގެ މަގާމަށް އައްޔަނުކުރެއްވީ، އަރިއަތޮޅު ދެކުނުބުރި ދަނގެތި، ކާމިނީގެ މައުމޫން ޢަބްދުއްޞަމަދުއެވެ. 

މައުމޫން ޢަބްދުއްޞަމަދު މިހާތަނަށް ހުންނެވީ އާސަންދަ ކޮމްޕެނީގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމުގައެވެ.