ޚަބަރު

ހަނދު ސާބިތުކުރުމަށް ބާއްވާ ރަސްމީ ބައްދަލުވުން މިރޭ


މި އަހަރުގެ ރަމަޟާންމަހުގެ ހަނދު ސާބިތުކުރުމަށް ބާއްވާ ރަސްމީ ބައްދަލުވުން މިރޭ ބާއްވަވާނެއެވެ.

މި ރަސްމިއްޔާތުގައި ރަމަޟާން މަހުގެ ހަނދު ސާބިތުކުރުމާއި ބެހޭގޮތުން މަޝްވަރާ ކުރުމާއި ރަމަޟާން މަހުގެ ހަނދާއި ބެހޭގޮތުން ފަލަކީ ކޮމިޓީގެ ނިންމެވުން މީޑިއާ މެދުވެރިކޮށް އާއްމުކޮށް ޢިއުލާން ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މީލާދީ ކަލަންޑަރުން މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ، މި މަހުގެ 27 ވާ ހޮނިހިރު ދުވަހެވެ. މި އަހަރުގެ ރަމަޟާންމަހުގެ ހަނދު ސާބިތުކުރުމަށް ބާއްވާ ރަސްމީ ބައްދަލުވުން ޓީވީއެމްއާއި ޕީއެސްއެމް ނިއުސްއިން ވަގުތުން ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.