ޚަބަރު

"ރޯދައިގެ އިރުޝާދު"ގެ ނަމުގައި ސަލަފުން އެޕެއް ތަޢާރުފްކޮށްފި


"ރޯދައިގެ އިރުޝާދު"ގެ ނަމުގައި ޖަމްޢިއްޔަތުލް ޞަލަފުން މޯބައިލް އެޕެއް ތަޢާރުފްކޮށްފިއެވެ.

ރޯދަމަހަށް ޚާއްޞަކޮށްގެން ޖަމްޢިއްޔަތުލް ސަލަފުން ތާޢާރަފްކުރި މި އެޕްގައި ރޯދައާގުޅޭ ގިނަގުނަ މަޢުލޫމާތު އެކުލެވެއެވެ. މި އެޕްގައި ރޯދައާ ގުޅުންހުރި ގިނަ ކަންކަމަށް ޤުރުޢާނާއި ސުންނަތުގެ އަލީގައި، އަލިއަޅުވާލައިފައިވެއެވެ.

ޖަމްޢިއްޔަތުލް ސަފަލްގެ މެންބަރު ޙަސަން އަޒްމާން ވިދާޅުވީ، މި އެފް ތައްޔާރުކޮށްފައިވަނީ އައްޝައިޚް އަޙްމަދު ސަމީރު ބިން އިބްރާހިމް ޙުސައިން 2012 ވަނަ އަހަރު ލިޔުއްވާފައިވާ ފޮތެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ. އަދި މި އެޕްލިކޭޝަންގެ ޒަރީޢާއިން ރޯދައާއި ފިތުރު ޒަކާތުގެ ގިނަ މަޢުލޫމާތުތައް ލިބޭނެކަމަށްވެސް އަޒްމާން ވިދާޅުވިއެވެ.

އެންޑްރޮއިޑް ފޯނުތަކަށް ޚާއްޞަކޮށްގެން މި އެޕް ނެރުނު ނަމަވެސް މިއަންނަ އަހަރު ރޯދަމަހުގެ ކުރިން އައިފޯނުތަކަށްވެސް މި އެޕް ތަޢާރަފްކުރުމަށް މަސައްކަތް ކުރަމުން އަންނަކަމަށް ސަލަފުން ބުނެއެވެ.

ޖަމްޢިއްޔަތުއްސަލްފުން ވަނީ ފޯނު މެދުވެރިކޮށް ނަމާދު ވަގުތުތަކާއި ނަމާދާބެހޭ މަޢުލޫމާތު ލިބޭނެގޮތަށް ޞަލާތު އެމް.ވީގެ ނަމުގައިވެސް އެޕެއް ތަޢާރުފްކޮށްފައެވެ.