ޚަބަރު

އެމްއެންޑީއެފުން ކުޑަކުދިންނަށް ޚާއްޞަ ލަވަ ސީޑީއެއް ނެރުއްވައިފި


މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފުން ކުޑަކުދިންނަށް ޚާއްޞަކުރައްވައިގެން ލަވަ ސީޑީއެއް ނެރުއްވައިފިއެވެ.

''ސިފްކޮއި'' ގެ ނަމުން ނަން ދީފައިވާ މި އަލްބަމުގައި 5 ލަވަ ހިމެނެއެވެ. ކަޅުތުއްކަލާކޮށީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އަލްބަމް ނެރެދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙުމަދު ޝިޔާމެވެ.

މި އަލްބަމްގައި ހިމެނެނީ، ތުއްތު ކުދިންނާއި، ކުޑަކުދިންނާ ގުޅޭ އެކި މުނާސަބަތުތަކުގައި ބޭނުންކުރުމަށް ޚާއްސަ ލަވަތަކެކެވެ. މިއީ ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތިން ފަށްޓަވާފައިވަ ތަރިކަ މަޝްރޫޢުގެ ދަށުން ނެރުއްވި އަލްބަމެއް ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

އަލްބަމް ނެރުމަށް ބޭއްވި ރަސްމިއްޔާތުގައި ސިފައިންގެ އިސްވެރިންނާއި، ގިނަ ޢަދަދެއްގެ ސިފައިންނާއި އެމީހުންގެ ޢާއިލާތަކުން ބައިވެރިވިއެވެ.