ކުޅިވަރު

މެޗަކުން ބަލިނުވެ އިންޑިއާ ސާބާ މުބާރާތް ކާމިޔާބުކޮށްފި


މެޗަކުން ބަލިނުވެ ފަސްވަނަ ސައުތު އޭޝިއަން ބާސްކެޓް ބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އިންޑިއާ ހޯދައިފިއެވެ. 

ލީގު އުސޫލުން ރާއްޖޭގައި ކުރިއަށްދިޔަ މިމުބާރާތުގައި މިއަދު އިންޑިއާ ކުރިހޯދީ ނޭޕާލްގެ މައްޗަށް. މެޗު އިންޑިއާ ކާމިޔާބުކުރީ 90 ޕޮއިންޓް 44 ޕޮއިންޓުންނެވެ. އާދައިގެ ކުޅުމެއް ނޭޕާލްގެ ފަރާތުން ފެނުނުއިރު އިންޑިއާއިން ވަނީ މެޗުގައި އެޓީމުގެ ހުރިހާ ކުޅުންތެރިންނަށްވެސް ފުރުސަތު ދީފައެވެ. މުބާރާތުގައި ކުޅުނު ހުރިހާ މެޗެއް އިންޑިއާ ކާމިޔާބުކުރިއިރު ކޮންމެ މެޗެއްވެސް އިންޑިއާއިން ކާމިޔާބުކޮށްފައިވަނީ ބޮޑު ތަފާތަކުންނެވެ. މުބާރާތުގެ ދެވަނަ ލިބުނީ ތިން މެޗު ކާމިޔާބުކުރި ބަންގްލަދޭޝްއަށެވެ. އެޓީމް ބަލިވީ އިންޑީއާ އަތުންއެކަންޏެވެ. 

މުބާރާތުގެ ތިންވަނަ ޔަޤީންވާނީ ރާއްޖެއާ ލަންކާ މިރޭ ވާދަކުރާ މެޗަށްފަހުއެވެ. މިއީ ރާއްޖޭގައި ބޭއްވޭ ބައިނަލްއަޤްވާމީ ބާސްކެޓް ފުރަތަމަ މުބާރާތެވެ.

 މިމުބާރާތުގައި އިންޑިއާ ވާދަކުރި ހަތަރު ފަހަރުވެސް ތަށި ހޯދާފައިވަނީ އިންޑިއާކަން ފާހަގަކޮށްލެވެއެވެ.