ކުޅިވަރު

މާޒިޔާއަށް އަށް ލުއި ލިބޭގޮތަށް ވެޓަރަންސް މުބާރާތް ތާވަލް ކޮށްފި


މާޒިޔާއަށް އަށް ލުއި ލިބޭގޮތަށް ރަމަޟާން ވެޓަރަންސް ކަޕް ފުޓޯޅަ މުބާރާތް ތާވަލް ކޮށްފިއެވެ.

އެފްއޭއެމްގައި މިއަދު ބޭއްވި ގުރުއަތުލުމުގެ ރަސްމިއްޔާތުގައި މުބާރާތުގެ އިންތިޒާމް ކޮމެޓީން ބުނީ ފޯރިގަދަ ވެޓަރަންސް މުބާރާތުގައި މާޒިޔާއަށް ލުއި ލިބޭގޮތަށް މުބާރާތް ތާވަލް ކުރަންޖެހުނީ އޭއެފްސީ ކަޕްގައި މުހިންމު މެޗެއް މާޒިޔާ ކުޅެން ޖެހޭތީ ކަމަށެވެ. އަދި އެމެޗަށް މާޒިޔާގެ ވެޓަރަންސް ޓީމްގެ މެމްބަރުން މާޒިޔާއާއެކު އޮފިޝަލުންގެ ގޮތުގައި ދަތުރުކުރާތީ ކަމަށް އިންތިޒާމް ކޮމިޓީއިން ބުނެއެވެ. ހަމަ އެހެންމެ މުބާރާތުގެ ޤަވާއިދުގައިވެސް ފުރަތަމަ ޑިވިޝަންގެ ސީނިއަރ ޓީމްތަކަށް މިކަހަލަ ކަންކަމުގައި އިސްކަން ދިނުމަށް ނިންމާފައިވާތީ އެގޮތަށް އެކަން ނިންމެވީ ކަމަށްވެސް މުބާރާތުގެ އިންތިޒާމް ކޮމިޓީން ވަނީ ބުނެފައެވެ. 

މުބާރާތުގެ ފުރަތަމަ މެޗްގައި ބައްދަލުކުރާނީ އެންމެ ފަހުގެ ޗެމްޕިއަން ނިއުރެޑިއަންޓާއި ކްލަބް ވެލެންސިޔާއެވެ. ކޮންމެ ރަމަޟާން މަހަކުވެސް ފޯރިއާއެކު ކުރިޔަށްދާ ވެޓަރަންސް މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 30 ވަނަ ދުވަހުއެވެ. ދެ ގްރޫޕަކަށް ބަހާލައިގެން ކުރިޔަށްގެންދާ މިމުބާރާތުގެ ފައިނަލް މެޗް ކުޅޭނީ ޖޫން 24ވަނަ ދުވަހުއެވެ. މީ ކުރިން ފުޓްބޯޅަ ކުޅެފައިވާ ފަރާތްތަކަށް ހުޅުވާލައިގެން ބާއްވަމުން އަންނަ މުބާރާތެކެވެ. 

35 އަހަރުން މަތީގެ ފަރާތްތަކަށް އަމާޒްކޮށްފައިވާ މި މުބާރާތުގައި ބައިވެރިވެފައިވަނީ ޖުމްލަ ހަތްޓީމެވެ. އެއީ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް، ކްލަބް ވެލެންސިޔާ، ކްލަބް އީގަލްސް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް، ކްލަބް ގްރީން ސްޓްރީޓް އަދި ވިކްޓްރީ ސްޕޯޓްސް ކްލަބެވެ.