ދީން

"ރޯދައިގެ އިރުޝާދު"ގެ ނަމުގައި މޯބައިލް އެޕެއް ތައާރަފްކޮށްފި


"ރޯދައިގެ އިރުޝާދު"ގެ ނަމުގައި ޖަމިއްޔަތުލް ޞަލަފުން މޯބައިލް އެޕެއް ތައާރަފްކޮށްފިއެވެ.

ރޯދަމަހަށް ހާއްސަކޮށްގެން ޖަމިއްޔަތުލް ސަލަފުން ތާއަރަފްކުރި މި އެޕްގައި ރޯދައާއި ގުޅޭ ގިނަގުނަ މައުލޫމާތުތަކެއް އެކުލެވެއެވެ. މިއެޕްގައި ޤުރުޢާނާއި ސުންނަތުގެ އަލީގައި، ރޯދައި ގުޅުންހުރި ގިނަ ކަންކަމަށް އަލި އަޅުއްވާލާފައިވެއެވެ.

ޖަމިއްޔަތުލް ސަފަލްގެ މެންބަރު ހަސަން އަޒްމާން ވިދާޅުވީ މި އެޕް ތައްޔާރުކޮށްފައިވަނީ އައިޝެއިހް އަހުމަދު ސަމީރު ބިން އިބްރާހިމް ހުސެއިން 2012 ވަނަ އަހަރު ލިޔުއްވާފައިވާ ފޮތެއްގެ މައްޗަށް ބިނާކޮށްކަމަށެވެ. އަދި މިއެޕްލިކޭޝަންގެ ޒަރިއްޔާއިން ރޯދައާއި ފިތުރު ޒަކާތުގެ ގިނަ މަޢުލޫމާތުތައް ލިބޭނެކަމަށްވެސް އަޒްމާން ވިދާޅުވިއެވެ.

އެންޑްރޮއިޑް ފޯނުތަކަށް ޚާއްސަކޮށްގެން މިއެޕް ނެރުނު ނަމަވެސް މިއަންނަ އަހަރު ރޯދަމަހުގެ ކުރިން އައިފޯނު ތަކަށްވެސް މިއެޕް ތައާރަފްކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ސަލަފުން ބުނެއެވެ. ޖަމިއްޔަތުލް ޞަލްފުން ވަނީ ފޯނުމެދުވެރިކޮށް ނަމާދު ވަގުތުތަކާއި ނަމާދާއި ބެހޭ މައުލޫމާތު ލިބޭނެގޮތަށް ޞަލާތު އެމް.ވީގެ ނަމުގައިވެސް އެޕެއް ތައާރަފްކޮށްފައެވެ.