ޚަބަރު

ކޮޅުވެއްޓީގައި ތިބި އެންމެން ސަލާމަތްކޮށްގެން މާލެ ގެނެސްފި


ކ ތުލުސްދޫ ފުރައިގެން ލ އަތޮޅަށް ދަތުރުކުރަމުން ދަނިކޮށް ގެއްލުނު ކޮޅު ވެއްޓީގައި ތިބި އެންމެން ސަލާމަތްކޮށްގެން މާލެ ގެނެސްފިއެވެ.

މި ކޮޅުވެއްޓީގައި ދެ ދިވެހިންނާއި ބިދޭސީ ހަތަރު މީހަކު ތިއްބެވެ. މިކޮޅުވެއްޓިން ތ.ވިލުފުއްޓަށް ނިސްބަތްވާ ދެމަފިރިން މިއަދު  މާލެ ގެނައިއިރު އެމީހުންނާއި ބައްދަލު ކުރަން އާއިލާ މެންބަރުން ވަނީ އިންޑިއާ މަނަވަރަށް ގޮސްފައެވެ.

img:http://s3.psmnews.mv/images/660x400/14955161340637.jpg|

މާރިއާ 3 ނަމަކަށް ކިޔާ މި ކޮޅު ވެއްޓި ފެނިފައިވަނީ މިދިޔަ ހޯމަދުވަހުގެ ރެއެވެ. ކޮޅުވެއްތީ ފެނުނީ ލ. އިސްދޫމުލީގެ 130 ނޯޓިކަލް މޭލު ބޭރުންނެވެ.

ކޮޅުވެއްޓި ހޯދަމުން ދަނިކޮށް ފެނިފައިވަނީ އިންޑިއަން ނޭވީގެ މަތިންދާބޯޓުން ހިންގި ސަރޗް އެންޑް ރެސްކިއު އޮޕަރޭޝަންގެ ތެރޭގަ. ކޮޅުވެއްޓީގައި ތިބި އެންމެ ސަލާމަތްކޮށްގެން މާލެ ގެނެސްފައިވަނީ އިންޑިއަން ނޭވީ ޝިޕް ކިރްޗްގައެވެ.

img:http://s2.psmnews.mv/images/660x400/14955161522813.jpg|

މިއަދު މާލެ އައުމަށްފަހު ކޮޅުވެއްޓީގެ ކެޕްޓަން ބުނީ  ކަނޑު ގަދަވުމުގެ ސަބަބުން ކޮޅު ވެއްޓީގެ ކޮޅު ވެއްޓި ދަތުރުކުރުން މުޅިން ހުއްޓިގެން ދިޔަކަމަށެވެ. އަދި ރާއްޖެ ސަރަހައްދުން ބޭރު ނުވެ އޮތުމަށް މ އަތޮޅޫ ބޭރުގައި ދެކޮޅަށް ދުއްވާލަ ދުއްވާލާ އޮތީކަމަށެވެ.

ކޮޅު ވއްޓީގައި ތިބި އެންމެން މިއަދު މާލެ ގެނައި ނަމަވެސް އަދި ކޮޅޫ ވެއްޓި ގެނެސްފައެއް ނުވޭ. އެމެއެންޑީއެފުން ވިދާޅުވީ ކޮޅު ވެއްޓ އޮތް ހިސާބުގެ މައުލޫމާތު އޭގެ ވަރިފަރާތަށް ފީދައިވާކަމަށާއި ޓަގު ބޯޓެއްގެ އެހީގައި ކޮޅޫ ވެއްޓި ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. 

img:http://s4.psmnews.mv/images/660x400/14955161761844.jpg|

މި ކޮޅުވެއްޓީ ގެއްލިގެން ހޯދުމުގެ މަސައްކަތް ފެށީ މިމަހުގެ 18ވަނަ ދުވަހުއެވެ. މި އުޅަނދަކީ ސެނޮކް ޕަރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކަށް ނިސްބަތްވާ އުޅަނދެކެވެ.