ކުޅިވަރު

ލިމިޓެޑް އޯވާރ ކްރިކެޓް މުބާރަތުގެ ޗެންޕިއަންކަން ސީބީއެލްއަށް


35 ވަނަ ލިމިޓެޑް އޯވަރ ކްރިކެޓް މުބާރާތުގެ ދެވަނަ ޑިވިޝަންގެ ޗެންޕިއަންކަން ސީބީއެލް ހޯފައިފިއެވެ.

މުބާރާތުގެ ޗެންޕިއަންކަން ސީބީއެލް ހޯދީ ފައިނަލް މެޗުގައި ދިވެހި ސިފައިންގެ ކުލަބާ ވާދަކޮށް 4 ވިކެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މެޗުގައި ދިވެހި ސިފައިންގެ ކްލަބްގެ ހުރިހާ ކުޅުންތެރިން ނުބައިވިއިރު ހެދިފައިވަނީ ވަނީ 104 ލަނޑެވެ. ޖަވާބުގައި ސީބީއެލް ސްޕޯރޓްސް ކުޅެންއަރާ 28.2 އޯވަރުގެ ތެރޭގައި 105 ލަނޑު ހަދާ، މުބާރާތުގެ ޗެންޕިއަންކަން ފަސޭހަކަމާއެކު ހޯދިއެވެ.

މުރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދީ ސީބީއެލް ސްޕޯރޓްސްގެ މަޙްމޫދު ރިޔާޒެވެ. އެންމެ މޮޅު ހޮވުން ތެރިއަކީ ސީބީއެލް ކްލަބްގެ އާދަމް ނާސިފް އުމަރެވެ. އެންމެ މޮޅު އުކުންތެރިޔާގެ މަޤާމާއި، މޯސްޓް ވެލިއުބަލް ކުޅުންތެރިޔާގެ މަޤާމް ހޯދީ ކޮމެޓްސް ކްލަބްގެ އިބްރާހިމް އަލީއެވެ.