ޚަބަރު

ހަނދު ސާބިތުކުރުމުގެ ރަސްމީ ބައްދަލުވުން މި މަހުގެ 25 ވަނަ ދުވަހު


މި އަހަރުގެ ރަމަޟާންމަހުގެ ހަނދު ސާބިތުކުރުމަށް ބާއްވާ ރަސްމީ ބައްދަލުވުން މި މަހުގެ 25 ވާ ބުރާސްފަތި ދުވަހު ބޭއްވުމަށް އިސްލާމިކް މިނިސްޓްރީން ހަމަޖައްސައިފިއެވެ. މި ރަސްމިއްޔާތުގައި ރަމަޟާން މަހުގެ ހަނދު ސާބިތުކުރުމާއި ބެހޭގޮތުން މަޝްވަރާ ކުރުމަށާއި ރަމަޟާން މަހުގެ ހަނދާއި ބެހޭގޮތުން ފަލަކީ ކޮމިޓީގެ ނިންމެވުން މީޑިއާ މެދުވެރިކޮށް އާއްމުކޮށް ޢިއުލާން ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މީލާދީ ކަލަންޑަރުން މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ މި މަހުގެ 27 ވާ ހޮނިހިރު ދުވަހެވެ.