ކުޅިވަރު

ޒޯން 7 ގެ ފުރަތަމަ ލެގު ތިނަދޫ ކާމިޔާބުކޮށްފި


އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ޒޯން 7 ގެ ފުރަތަމަ ލެގުގެ މެޗު ތިނަދޫ ކާމިޔާބުކޮށްފިއެވެ. 

ގއ.ގެ ޗެމްޕިއަން ނިލަންދޫއާއި ވާދަކޮށް ތިނަދޫ މެޗު ކާމިޔާބުކުރީ 5-1 ލަނޑުންނެވެ. މެޗުގެ ފުރަތަމަ ހާފްވެސް ތިނަދޫ ނިންމާލީ 3-0 ން ކުރީގަ އޮވެއެވެ. ފުރަތަމަ ހާފްގައި ތިނަދޫގެ ތިން ލަނޑު ޖެހީ އަލަައިންއާއި، މުޙައްމަދި ޝާހިދުއެވެ. ފަހު ހާފްގައި ޖެހި ދެ ލަނޑާއެކު ބިދޭސީ ފޯވާޑް މެޗުގައި ހަތަރު ލަނޑު ޖެހިއެވެ. ނިލަންދޫގެ ލަނޑު ޖެހީ މައުފޫޒް އާދަމްއެވެ.

މިދެޓީމް ދެވަނަ ލެގުގައި ވާދަކުރާނީ އަންނަ ބުދަ ދުވަހު ހަވީރުއެވެ. ދެވަނަ ލެގު ކުޅޭނީ ގއ.އަތޮޅުގައެވެ. ދެ ލެގުން ކުރި ހޯދާ ޓީމެއް ދެން ވާދަކުރާނީ ދިވެހި ލީގު ކޮލިފިކޭޝަންގައެވެ. އަށް ޒޯނުގެ ޗެމްޕިއަނުން ވާދަކޮށް ކުރި ހޯދާ ހަތަރު ޓީމަށް ދިވެހި ލީގުން ފުރުޞަތު ލިބޭނެއެވެ.