ކުޅިވަރު

އިންޑިއާ ކުޅުނު ދެވަނަ މެޗުވެސް ކާމިޔާބުކޮށްފި


ސައުތު އޭޝިއަން ބާސްކެޓް ބޯލް ޗެމްޕިއަންޝިޕްގައި މިއަދު އިންޑިއާ ކުޅުނު ދެވަނަ މެޗުވެސް ކާމިޔާބުކޮށްފިއެވެ. 

ސްރީލަންކާއާއި ވާދަކޮށް އިންޑިއާ މެޗު ކާމިޔާބުކުރީ 27 ޕޮއިންޓުގެ ތަފާތަކުންނެވެ. އިންޑިއާ 88 ޕޮއިންޓް ހޯދިއިރު ލަންކާއަށް ހޯދުނީ 61 ޕޮއިންޓެވެ. މިމެޗުގެ ހަތަރު ކުއާޓާގައިވެސް އިންޑިއާ ކުޅުނީ ލީޑުގައި އޮވެގެންނެވެ. ލަންކާގެ ފަރާތުން މެޗުގެ ކުރީކޮޅު ގިނަ ފައުލްތަކެއް ފެނުނުއިރު އިންޑިއާއިން ވަނީ މެޗުގައި ގިނަ ބަދަލުތަކަކާއެކު މޮޅު ކުޅުމެއް ދައްކާފައެވެ.

 މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ލިބުނީ އިންޑިއާގެ ޖާޒީ ނަމްބަރ ދިހައެއް އަމްރިތްޕާލް ސިންހްއެވެ. މުބާރާތުގައި އިންޑިއާ ކުޅުނު ދެމެޗުވެސް ކާމިޔާބުކޮށްފައިވާއިރު ލަންކާ ވަނީ ދެމެޗުންވެސް ބަލިވެފައެވެ.

 މުބާރާތުގައި މިރޭ ކުޅޭ މެޗުގައި ވާދަކުރާނީ ރާއްޖެއާ ބަންގްލަދޭޝްއެވެ.