ތަޢުލީމު

ހިޔާގައި ދިރިއުޅޭ ކުދިންނަށް ޓްރެއިނިންގ ކޯހެއް ފަށައިފި


ވިލިމާލޭ ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ ކުދިންނަށް މަލްޓިމީޑިއާ، ވެބް ޑިޒައިނިންގ އަދި ސްކިލްސް ޓްރެއިނިންގ ކޯހެއް ފަށައިފިއެވެ. 

މިއީ މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް ގުޅިވަޑައިގެން ހިންގަވާ ކޯހެކެވެ. މިކޯހުގައި ދަސްކޮށްދެއްވާނެ މައިގަނޑު ބައިތަކުގެ ތެރޭގައި "އެޕްލައިންގ އިފެކްޓްސް އެންޑް އެނިމޭޝަން" އާއި "ކޮރަލް ޑްރޯ، އެޑޯބް ފޮޓޯޝޮޕާއި އެޑޯބް ޕްރިމިއަރ ޕްރޯ ފަދަ ޕްރޮގްރާމްތަކަށް ބޭނުންވާ ހުނަރުތައް ހިމެނެއެވެ. އެއް މަސްދުވަހުގެ މިކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ސެޓްފިކެޓް 3 ލެވަލްގެ ކޯހެކެވެ.

ޙަރަކާތްތެރިވެ އުޅުމަށް ބާރުއެޅުމުގެ ގޮތުން ކޮންމެ ދުވަހަކުވެސް މިކުދިންނަށް ފިޒިކަލް އެޑިއުކޭޝަންގެ ޙަރަކާތްތަކެއްވެސް މި ކޯހުގެ ތެރޭގައި ހިންވަގަމުން ގެންދަވާނެކަމަށް ޖެންޑަރ މިނިސްޓްރީން ވިދާޅުވެއެވެ. އަދި، ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ ކުދިންގެ ޖިސްމާނީ، ނަފްސާނީ އަދި ދިރިއުޅުމަށް ބޭނުންވާ އެކިކަހަލަ ހުނަރުތައް މިޕްރޮގްރާމް މެދުވެރިކޮށް އިތުރަށް ތަރައްޤީކުރެވޭނެކަމަށް ޖެންޑަރ މިނިސްޓްރީން ވަނީ ހާމަކުރައްވާފައެވެ.

ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި 10 އަހަރާ 18 އަހަރާ ދެމެދުގެ 66 ކުދިން މިވަގުތު ދަނީ ދިރިއުޅެމުންނެވެ.