ކުޅިވަރު

ކުޅުނު ދެވަނަ މެޗްވެސް ބަންގްލަދޭޝް ކާމިޔާބުކޮށްފި


ދިހަޕޮއިންޓްގެ ތަފާތުން ސްރީލަންކާ ބަލިކޮށް ސާބާޗެމްޕިއަންޝިޕްގައި ކުޅުނު ދެވަނަ މެޗްވެސް ބަންގްލަދޭޝް ކާމިޔާބުކޮށްފިއެވެ. 

މިއަދުހަވީރު ބަންގަލަދޭޝް މެޗް ކާމިޔާބުކުރީ 90 ޕޮއިންޓް 80 ޕޮއިންޓުންނެވެ. މެޗްގެ މޮޅު ކުޅުންތެރިއަކީ ބަންގްލަދޭޝްގެ މިތުން ކުމާރެވެ. މެޗްގައި މިތުންވަނީމޮޅު ކުޅުމެއް ދައްކާފައެވެ. މީގެއިތުރުން ފުރަތަމަ މެޗްގައި ނޭޕާލާ ދެކޮޅަށް ކުޅުނު މެޗްގައި މޮޅު ކުޅުމެއް ދެއްކި ޝުއައިބުގެ ކުޅުންވެސް މިއަދުގެ މެޗްގައި ފާހަގަކޮށްލަން ޖެހެއެވެ. މިމެޗް ފަށައިގެން ގިނަ ވަގުތު ލީޑް ހިފަހައްޓައިގެން ސްރީލަންކާއިން ކުޅުނު ނަމަވެސް އެންމެ ފަހު ކުއާޓާގައި ބަންގްލަދޭޝްގެ ކުޅުން ރަނގަޅުކޮށް ނަތީޖާ އަނބުރާލިއެވެ. ބަންގްލަދޭޝްވަނީ އެޓީމް ކުޅުނު ފުރަތަމަ މެޗްވެސްކާމިޔާބުކޮށްފައެވެ. ފުރަތަމަ މެޗް ބަންގްލަދޭޝް ކާމިޔާބުކުރީ ނޭޕާލާ ވާދަކޮށެވެ. 

5 ވަނަ ސާބާ ޗެމްޕިއަންޝިޕްގައި މިރޭ ކުޅޭނީ ދިވެހިރާއްޖެއާއި ނޭޕާލެވެ. ރާއްޖެވަނީ ކުޅުނު ފުރަތަމަ މެޗުން ވަރުގަދަ އިންޑިޔާއަތުން ބަލިވެފައެވެ.