ކުޅިވަރު

ރެޑްބުލް ވިނިންގ ފައިވް ކާމިޔާބުކޮށް، ޓީނޭޖް ބްރެޒިލްއަށް


ރެޑްބުލް ވިނިންގ ފައިވްގެ ރާއްޖޭގެ ޗެމްޕިއަންކަން ހޯދާ، ބްރެޒިލްއަށް ދިއުމުގެ ފުރުސަތު ކްލަބް ޓީނޭޖް ހޯދައިފިއެވެ.

މިއަދު ހަވީރު ކުޅުނު ނޭމަރ ޖޫނިއަރ ރެޑްބުލް ވިނިންގ ފައިވްގެ ފައިނަލް މެޗު ކްލަބް ޓީނޭޖް ކާމިޔާބުރީ ކްލަބް ޕީ.ކޭ ދޭއް ސުމަކުން ބަލިކޮށްގެންނެވެ. ރާއްޖޭގެ 12 ސަރަހައްދެއްގައި ކުޅުނު މިމުބާރާތުގެ ކޮލިފައިންގ ބުރުތައް ނިންމާލުމަށްފަހު މިއަދު މުބާރާތުގެ ފައިނަލް ބުރު ކުރިއަށްގެންގޮސްފައި ވަނީ މާލޭގައެވެ. މިމުބާރާތުގައި މުޅި ރާއްޖެއިން 267 ޓީމް ވަނީ ވާދަކޮށްފައެވެ.

މުބާރާތުގެ ޗެމްޕިއަންކަން ލިބުމުން ކްލަބް ޓީނޭޖަށް ވަނީ ބްރެޒިލްގައި އޮންނަ ނޭމަރ ޖޫނިއަރ ވިނިންގ ފައިވްގެ ވޯލްޑް ޗެމްޕިއަންޝިޕްގައި ކުޅުމުގެ ފުރުސަތު ލިބިފައެވެ. ޓީމު ބްރެޒިލްއަށް ގެންދިއުމުގެ ހުރިހާ ކަމެއްވެސް ހަމަޖެއްސާނީ ރެޑްބުލްގެ ފަރާތުންނެވެ. ޓީމު ބްރެޒިލްއަށް ފުރުމަށް ހަމަޖެހިފައިވަނީ އަންނަ ޖުލައި މަހުގެ ދެވަނަ ދުވަހުއެވެ.