ޚަބަރު

އިސްލާމިކް ބޭންކުން "މާލޭ ކްލީނިންގް ޗެލެންޖް" ފުރިހަމަކޮށްފި


މާލޭ ސާފުކުރުމަށް ކުރިއަށްގެންދާ "މާލޭ ސިޓީ ކްލީނިންގް ޗެލެންޖް" ގައި މި ހަފްތާގައި މޯލްޑިވްސް އިސްލާމިކް ބޭންކުން ބައިވެރިވެ، ޗެލެންޖް ފުރިހަމަކޮށްފިއެވެ.

"މާލޭ ސިޓީ ކްލީނިންގް ޗެލެންޖުގެ" ދަށުން މިއަދު އިސްލާމިކް ބޭންކުން ސާފުކުރީ ސޯސަންމަގެވެ. ޗެލެންޖުގައި ބައިވެރިވި އިސްލާމިކް ބޭންކުގެ މުވައްޒަފުން ވަނީ، މާލެ ސާފުކޮށް ބެލެހެއްޓުމުގެ މުހިންމުކަމާމެދު ވާހަކަ ދައްކާފައެވެ. tw:https://twitter.com/NRANGE9/status/865767034079948801

ކްލީނިންގް ޗެލެންޖަކީ، އެން ރޭންޖުން އިންތިޒާމްކޮށްގެން، ކޮންމެ ހަފްތާއަކުވެސް ކުރިއަށްގެންދާ ޙަރަކާތެކެވެ. އުޞޫލެއްގެ ގޮތުން، އެ ހަފްތާއަކު ސާފުކުރާ މުއައްސަސާއަކުން އެހެން ކޮންމެވެސް މުވައްސަސާއަކަށް ޗެލެންޖް ކުރަންޖެހެއެވެ. އެހެންނަމަވެސް މި ޙަރާކަތް ރޯދައަށް މެދުކަނޑާލަން އެންރޭންޖުން ނިންމާފައިވާތީ، އިސްލާމިކް ބޭންކުން މިއަދު ޗެލެންޖްކޮށްފައެއް ނުވެއެވެ. މި ޙަރަކާތް ދެން ފަށާނީ ރަމަޟާންމަހަށްފަހު ކަމަށް އެން ރޭންޖުން ބުނެއެވެ. މާލެއަކީ ސާފުތާހިރު ތަނެއްގެ ގޮތުގައި ބޭއްވުމަށް އެންރޭންޖުން އިންތިޒާމްކޮށްގެން ކުރިޔަށްގެންދާ މާލެ ކްލީނިންގް ޗެލެންޖްގެ މީޑިއާ ޕާޓްނަރަކީ ޕީ.އެސް.އެމްއެވެ.