ޚަބަރު

މަސްދޯންޏެއް ގދ. އަތޮޅު ގިރިއަކަށް އަރައިފި


މަސްވެރިކަން ކުރާ "ވަނަ ދޯނި" ނަމަކަށް ކިޔާ ދޯންޏެއް ގދ.ތިނަދޫ ކައިރީ އޮތް ގިރިއަކަށް އެރުމާ ގުޅިގެން އެމްއެންޑިއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން ހަރަކާތްތެރިވާން ފަށައިފިއެވެ.

މިރޭ ގާތްގަނޑަކަށް 21:47 ހާއިރު މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ވެފައިނުވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. ދޯނި އޮތް ސަރަޙައްދަށް ގޮސް ދޯނީގައި ހެދިފައިވާ ދިޔަގަނޑު ހިއްކުމުގެ މަސައްކަތުގައި ކޯސްޓްގާޑުން އަންނަނީ ހަރަކާތްތެރިވަމުންނެވެ. އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ސިފައިން، ދިޔަ ހިއްކާ ޕަމްޕާއެކު އެސަރަޙައްދަށްގޮސް ދޯނި ސަލާމަތްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްއެންޑީއެފުން މަޢުލޫމާތު ދެއްވައެވެ.

މިހާދިސާގައި ހިނގިއިރު ދޯނީގައި 21 މީހުން ތިބި ކަމަށާއި މިހާދިސާގައި ދޯންޏަށް އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށް އެމްއެންޑީއެފުން މަޢުލޫމާތު ދެއްވައެވެ.