ދީން

ޙައްޖަށް މީހުން ގެންދިއުމަށް 6 ކުންފުންޏަކަށް ހުއްދަދެއްވައިފި


މިއަހަރު ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމަށް 6 ކުންފުންޏަކަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ހުއްދަ ދެއްވައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ހުއްދަ ދެއްވާފައިވަނީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ އިތުރުން އަމިއްލަ 5 ކުންފުންޏަކަށެވެ. އެކުންފުނިތަކަކީ ދަރުމަ ލިލްޙައްޖި ވަލްޢުމްރަތި ޕްރައިވެޓް ލިމިޓެޑާއި، އަލްޙަރަމައިން ޙައްޖު އެންޑް ޢުމްރާ ކޮމްޕެނީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި، ކިސްވާ ޕްރައިވެޓް ލިމިޓެޑާއި، ސިސިލްފަރު ޙައްޖު އެންޑް ޢުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑާއި، ޒަޢީ ޙައްޖު ގްރޫޕް ޕްރައިވެޓް ލިމިޓެޑެވެ. 

ރާއްޖެއިން މީހުން ޙައްޖަށް ގެންދިއުމަށް 1000 ކޯޓާ ލިބިފައިވާއިރު، ޙައްޖު ކޯޕަރޭޝަނަށް މީގެއިން 500 ކޯޓާ ވަނީ ދެއްވާފައެވެ. އަދި ހުއްދަ ދެއްވި 5 ކުންފުންޏަށް ވަނީ، ކޮންމެ ކުންފުންޏަކަށް 100 ކޯޓާ ދެއްވާފައެވެ.