ޚަބަރު

މޫސުމީ ވިއްސާރައިގައި ކުއްލި ބަދަލުތައް އައުން ގާތް - މެޓް އޮފީސް


ރާއްޖެއަށް ކުރަމުން މިދާ ވިއްސާރައިގައި ކުއްލި ކުއްލިއަށް ބަދަލުތައް އަންނަ ޙާލަތު ކުރިމަތިވާނެކަމަށް ލަފާކުރެއްވޭކަމަށް ރާއްޖޭގެ މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.

އެ އިދާރާއިން ވިދާޅުވާ ގޮތުގައި ރާއްޖެއަށް ކުރަމުން މިދަނީ، ހުޅަނގު މޫސުން ފެށުމާއެކު އެހެން އަހަރުއަހަރެކޭވެސް އެއްގޮތަށް ކުރާ މޫސުމީ ވިއްސާރައެކެވެ. ވޭތުވެދިޔަ ދެތިންދުވަހު މި ވިއްސާރަކުރީ، ދެކުނުގެ ސަރަޙައްދާއި މެދުރާއްޖެތެރެއަށް ކަމަށްވީނަމަވެސް މިއަދުން ފެށިގެން އުތުރުގެ އަތޮޅުތަކަށްވެސް ވިއްސާރަކުރާނެ ކަމަށް މޫސުމާބެހޭ އިދާރާއިން ލަފާކުރައްވައެވެ.