ޚަބަރު

އަޑިއަށްދިޔަ ދޯންޏެއް އޮޔާދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި


މާލެއިން ފުރައިގެން އދ.އޮމަދުއަށް ދަތުރުކުރި ދޯންޏެއް އަޑިއަށްގޮސް އަލިހުރަސް ކަނޑުން އޮޔާދާތީ ދަތުރުވެރިން ސަމާލުވުމަށް އިލްތިމާސް ކުރައްވައިފިއެވެ.

މި ދޯންޏަކީ 60 ފޫޓުގެ ދިގު ކަންނެލި މަސްވެރިކަންކުރާ ދޯންޏެއް ކަމަށް ޤައުމީ ދިފާއީ ބާރުން މަޢުލޫމާތުދެއްވައެވެ. މި ދޯނި އަޑިއަށްގޮސްފައިވަނީ ކ.ރަންނާޅި ރިސޯޓް ގެ ހުޅަނގުން 10 ނޯޓިކަލް މޭލު ބޭރުންނެވެ.

އެހެންކަމުން އެ ސަރަހައްދުން ދަތުރު ކުރައްވާ ފަރާތްތަކުން މިކަމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް އެމްއެންޑީއެފުން އިލްތިމާސް ކުރައްވައެވެ.