ޚަބަރު

އދ. އޮމަދުއަށް ދަތުރުކުރަމުންދިޔަ ދޯންޏެއް އަޑިއަށް ހިނގައްޖެ


އދ. ހަންޏާމީދޫ ކައިރިއަށް ކަންނެލި މަސްދޯންޏެއް އަޑިއަށްގޮސްގެން އެމްއެންޑީއެފް ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށައިފިއެވެ.

އދ. ހަންޏާމީދޫ ކައިރިއަށް އަޑިއަށްގޮސްފައިވާ ކަންނެލި މަސްދޯންޏަކީ އދ. އޮމަދުއަށް ދަތުރުކުރަމުންދިޔަ އުޅަނދެއް ކަމަށް ކޯސްޓްގާޑުން މަޢުލޫމާތު ދެއްވައެވެ. ދޯންޏާ ދިމާލަށް ކޯސްޓް ގާރޑް ޝިޕް ހުރަވީ ދަތުރުކުރަމުންދާ ކަމަށް އެމްއެންޑީއެފުން މަޢުލޫމާތު ދެއްވައެވެ. ކޯސްޓް ގާރޑުން އެ ދޯނީގެ މިސްރާބަށް ދަތުރުކުރަމުން ދަނީ އެއަރޓެކްސީއަކަށް އެ ދޯނި ފެނި، ދޯނި އޮތްދިމާ ފާހަގަކޮށްދިނުމުންނެވެ. tw:https://twitter.com/MNDF_Official/status/865096234201001984

އދ. ހަންޏާމީދޫ ސަރަޙަައްދަށް ބަންޑުން ޖަހާލާފައިވާ ދޯންޏަކީ "ކަނޑުރޯދި" ނަމަކަށް ކިޔާ ދޯންޏެކެވެ. މި ދޯނިން ދަތުރުކުރި ފަސްމީހުން ކަނޑުމަތީ އެބަތިބިކަމަށް މަޢުލޫތުލިބެއެވެ. މި ދޯނި ކައިރިއަށް ކޯސްޓް ގާރޑް ދަތުރުކުރަމުން ދަނީ ޓީއެމްއޭގެ މަތިންދާ ބޯޓެއް މަގުދައްކައިދޭ ގޮތަށެވެ.