ކުޅިވަރު

އަންހެން ބައިގެ ޗެމްޕިއަންކަން ޔޫތް މިނިސްޓްރީ ހޯދައިފި


އިންޓަރ އޮފީސް ކުންފުނިތަކުގެ ވޮލީ ބޯޅަ މުބާރާތުގެ އަންހެންބައިގެ ޗެންޕިއަންކަން މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯރޓްސް ހޯދައިފިއެވެ.

 ޔޫތް މިނިސްޓްރީ ޗެމްޕިއަންކަން ހޯދީ ފައިނަލްގައި ޕޮލިސް ކުލަބާ ވާދަކޮށް ތިން ސެޓް ދެ ސެޓުން މެޗް ކާމިޔާބުކޮށްގެންނެވެ. މެޗްގެ ސެޓްތައް ޔޫތް މިނިސްޓްރީ ގެންދިޔައީ 25-23، 18-25، 25-16، 13-25 އަދި 15-9 ނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ މުޅި މުބާރާތުގައިވެސް މޮޅު ކުޅުމެއް ދެއްކި ކުރީގެ އެއްވަނަ ކުޅުންތެރިޔާ ޔޫތް މިނިސްޓްރީގެ އައިޝަތު ނާޒިމާއެވެ. މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކީވެސް އޭނާއެވެ.

މިބައިގެ އެންމެ މޮޅު 6 ކުޅުންތެރިންނަށް ހޮވުނީ ކަސްޓަމްސްގެ ފާތިމަތު ޝިފާޒާ، އާމިނަތު ޒީނާ، ޔޫތް މިނިސްޓްރީގެ ހައްވާ މުޒްނާ، އަދި ޕޮލިސް ކުލަބްގެ ލީލާ ހާމިދު، އާމިނަތު ޝާތިރާ، އަދި ހަމްނާ ހަސަންއެވެ. މިބައިގެ އެންމެ މޮޅު ކޯޗަކީ ޔޫތް މިނިސްޓްރީގެ ކޯޗް އިސްމާޢީލް ރިފާޢުއެވެ.  

img:http://s3.psmnews.mv/images/660x400/14949962380145.JPG|ވޮލީބޯޅަ ލީފާއި، އޮފީސް މުބާރާތުގެ އަންހެން ޑިވިޝަންގެ އެންމެ މޮޅު ކޯޗު ޗިޗޫ

އަންހެން ބައިގެ ފައިނަލުން ބަލިވި ނަމަވެސް ޕޮލިސް ކްލަބް ވަނީ އެއަޕޯރޓް ބަލިކޮށް، ފިރިހެން ބައިގެ ޗެމްޕިއަންކަން ހޯދާފައެވެ. މިބައިގެ އެންމެ މޮޅު ކުޅުންތެރިއަކީ ޕޮލިސް ޓީމްގެ ކެޕްޓަން ސޯދިގް މޫސާއެވެ. ފިރިހެން ބައިގެ އެންމެ މޮޅު 6 ކުޅުންތެރިނަކީ އެމްއޭސީއެލްގެ އިސްމާޢީލް އާރިފް، އަރީފް މުހައްމަދު، ޕޮލިސް ކުލަބްގެ ޝުއެއިބު އަބްދުލް ލަތީފް، ހުސެއިން ހަމީދު، އެފްއެސްއެމްގެ އުސްމާން އަފްޒަލް، އަދި ޑީޕީއާރްއެސްގެ އަހުމަދު ޝަހީމްއެވެ. އެންމެ މޮޅު ލިބަރޯއަކީ ހަސަން ތަސްލީމްއެވެ. ފިރިހެން ޑިވިޝަންގެ އެންމެ މޮޅު ކޯޗަކީ ޕޮލިސް ކުލަބްގެ މަޢުމޫރު މުހައްމަދެވެ.

img:http://s1.psmnews.mv/images/660x400/14949961780517.JPG|އޮފީސް މުބާރާތުގެ ފިރިހެން ޗެމްޕިއަންކަން ހޯދި ޕޮލިސް ޓީމަށް ތަށި ހަވާލުކުރަނީ: ފޮޓޯ-ޕީއެސްއެމް

އެކުއެކީގައި ކުރިއަށްގެންދިޔަ ވީއޭއެމް ޔޫތް ޗެންޕިއަންޝިޕްގެ އެންމެ މޮޅު ފިރިހެން 6 ކުޅުންތެރިންނަކީ ގުޑީސްގެ މުހައްމަދު މިމްރާހު، ހަސަން ޔުސާޢު، ހަސަން ޖައިލަމް ރިޔާޒު، އަހުމަދު ޝާވިން ޝިހާމް އަދި މަލްސަންގެ މުހައްމަދު ޝިހާންއެވެ. އެންމެ މޮޅު ލިބަރޯ ކުޅުންތެރިއަކީ މަލްސަންގެ މިމްރާޙުއެވެ. މިބައިގެ އެންމެ މޮޅު ކުޅުންތެރިއަކީ ގުޑީސްގެ އަލަމް މުހައްމަދު ދީދީއެވެ. މިބައިގެ ޗެމްޕިއަންކަން ހޯދީ ސްޕޯރޓްސް ކްލަބް ގްޑީސްއެވެ.

ވީއޭއެމް ޔޫތް ޗެންޕިއަންޝިޕް އަންހެން ޑިވިޝަންގެ އެންމެ މޮޅު އަންހެން 6 ކުޅުންތެރިންނަކީ ފިސްޓަރގެ ޝަމްހާ ރިޔާޒު، އައިމިނަތު ޝަޙާ ޝާމިން، ގުޑީސްގެ އާމިނަތު ރުދުހައިނާ، ޝިފްނާ އިބްރާހީމް، މައިޝާ އަބްދުލް ހައްނާން އަދި މޯލްޑިވިއަންގެ ޝަޙުމީލާ އަބްދުލް ހަކީމްއެވެ. މިބައިގެ އެންމެ މޮޅު ކުޅުންތެރިއަކީ ގުޑީސްގެ ޝިޔާނާ އަހުމަދު ނިޒާމްއެވެ. މިބައިގެ ޗެމްޕިއަންކަން ހޯދީ ފިސްޑާއެވެ.

ޤައުމީ ވޮލީ ބޯޅަ ލީގުގެ ދެވަނަ ޑިވިޝަންގެ އެންމެ މޮޅު 6 ކުޅުންތެރިންނަކީ މާޒިޔާގެ ހައްވާ ރާޝިދާ، އައިޝަތު އިމްތިނާން، ޖުވެނައިލްގެ މަރިޔަމް އަޒީފާ، އާމިނަތު ޝާތިރާ އަދި ސީލައިފްގެ އައިޝަތު މާޖިދާ އާއި މަރިޔަމް މިޒްނާއެވެ.

img:http://s4.psmnews.mv/images/660x400/14949962086908.JPG|ވޮލީބޯޅަ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާ އަރީޝާ: ފޮޓޯ-ޕީއެސްއެމް

މިޓީމްގެ ލިބަރޯ ކުޅުންތެރިއަކީ އައިޝަތު ޝަނާން އިސްމާޢީލްއެވެ. އެންމެ މޮޅު ކޯޗަކީ ޖުވެނައިލްގެ އިސްމާޢީލް ރިފާޢުއެވެ. މިބައިގެ އެންމެ މޮޅު ކުޅުންތެރިއަކީ ޖުވެނައިލްގެ އާމިނަތު އަރީޝާއެވެ.