ޚަބަރު

އިންސާނީ ވަޞީލަތް ބިނާކުރުމާބެހޭ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި


އިންސާނީ ވަޞީލަތް ބިނާކުރުމާ ބެހޭ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފިއެވެ.

މިބައްދަލުވުމަކީ، ރާއްޖޭގެ އަމިއްލަ ކުންފުންޏެއްކަމަށްވާ އިންވެސްޓަރސްއިން ހިއުމަން ރިސޯސަސްއާއި އިނގިރޭސިވިލާތުގެ ނައިކަލް ޕޮޓަރ އިންޓަރނޭޝަނަލް ގުޅިގެން ކުރިޔަށް ގެންދިޔަ ބައްދަލުވުމެކެވެ. މިބައްދަލުވުން ބާއްވާފައިވަނީ، މި މަހުގެ ދިހަޔަކުން އެގާރައަށް، އަދި ތޭރަވަނަ ދުވަހުން ފެށިގެން ސާދަވަނަ ދުވަހުގެ ނިޔަލަށް ހުޅުލެ އައިލެންޑް ހޮޓެލްގައެވެ. img:http://s1.psmnews.mv/images/660x400/14949302339637.jpg|އިންސާނީ ވަޞީލަތް ބިނާކުރުމާ ބެހޭ ޚާއްޞަ ބައްދަލުވުމުގެ ބައިވެރިން -

މިބައްދަލުވުން އިންތިޒާމްކުރި ފަރާތުން ވިދާޅުވީ، މިއީ މަސައްކަތުގެ ދާއިރާއިން އުފެއްދުންތެރި އިންސާނީ ވަޞީލަތްތަށް އިތުރަށް ބިނާކުރެވޭނެ ގޮތްތައް ސަރުކާރު އަދި އަމިއްލަ ކުންފުނިތަކުގެ ފަރާތްތަކަށް ބުނެދިނުމުގެ ގޮތުން ބޭއްވި ބައްދަލުވުންތަކެއް ކަމަށެވެ. ކޮމްޕިއުޓެންސީ ބޭސްޑް އިންޓަވިޔުއިން ސްކިލްސް ފޮރ އިންޓަވިޔުވަރސް އަދި އިފެކްޓިވް ކޯޗިންގ އެންޑް މެންޓަރިންގ ސްކިލްސްގެ މަޢުލޫމާތު ދިނުމަށް ބޭއްވި މި ބައްދަލުވުން ފެސިލިޓޭޓް ކޮށްދެއްވާފައިވަނީ، މައިކަލް އޭ ޕޮޓަރ އިންޓަރނޭޝަނަލްގެ ސީ،އީ،އޯ މައިކަލް އޭ ޕޮޓަރއެވެ.  

މި ބައްދަލުވުމަކީ، ސަރުކާރުގެ ފަރާތްތަކާއި، އަމިއްލަ ކުންފުނިތަކާއި، ރިސޯޓްތައް އަދި އަމިއްލަ ފަރާތްތަކަށް ބައިވެރިވެވޭގޮތަށް ބޭއްވި ބައްދަލުވުމެކެވެ. މި މަސައްކަތު ބައްދަލުވުމުގެ، ކޯ ހޯސްޓަކީ ހުޅުލެ އައިލެންޑް ހޮޓެލްއެވެ. އަދި އެކަމޮޑޭޝަން ޕާރޓްނާއަކީ އައިލެންޑް ބީޗް ހޮޓެލްއެވެ.