ތަރައްްޤީ

ތަޢުލީމާއި ތަމްރީން ޕްރޮގްރާމްތައް ހިންގުމަށް މަޝްވަރާކޮށްފި


އެމްއެންޑީއެފާއި ޕާކިސްތާން އަސްކަރިއްޔާއާ ދެމެދުގައި ބާއްވާ 3 ވަނަ ޑިފެންސް ސްޓާފް ޓޯކްސްގައި ބައިވެރިވާ ޕާކިސްތާން އަސްކަރިއްޔާގެ އިސް ބޭފުޅުންގެ ވަފުދެއް، އެމްއެންޑީއެފްގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމްއާ ބައްދަލުކުރައްވައިފިއެވެ.

މިއަދު ބަންޑާރަކޮށީގައި ބޭއްވި މި ބައްދަލުވުމުގައި ޕާކިސްތާން އަސްކަރިއްޔާގެ ވަފުދުގައި އެންމެ އިސްކޮށް ބައިވެރިވެވަޑައިގެންނެވީ، ޑައިރެކްޓަރ ޖެނެރަލް ފޮރިން މިލިޓަރީ ކޯޕަރޭޝަން، މޭޖަރ ޖެނެރަލް އިފްތިޚާރު އަޙްމަދު ވައީންއެވެ. މި ބައްދަލުވުމުގައި ޕާކިސްތާން އަސްކަރިއްޔާ އާއި ދިވެހި އަސްކަރިއްޔާ ގުޅިގެން ތަޢުލީމާއި ތަމްރީން ޕްރޮގްރާމްތައް ހިންގުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވިކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

ޕާކިސްތާން އަސްކަރިއްޔާގެ އިސް ބޭފުޅުން، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމްއާ އެކު ބޭއްވެވި މި ބައްދަލުވުމުގައި، އެމްއެންޑީއެފްގެ އިސް އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ޕާކިސްތާން އަސްކަރިއްޔާގެ ފަރާތުން ރާއްޖެ ވަޑައިގެން އުޅުއްވާ ވަފުދުގެ އިސް ބޭފުޅުން މިބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.