މުނިފޫހިފިލުވުން

މޯލްޑިވިއަން އައިޑަލް ސީޒަން 2 ގެ ގްރޭންޑް ފިނާލޭ ފެށިއްޖެ


މޯލްޑިވިއަން އައިޑަލް ސީޒަން 2 ގެ ގްރޭންޑް ފިނާލޭ ފެށިގެން ކުރިޔަށް އެބަދެއެވެ.

މޯލްޑިވިއަން އައިޑަލް ސީޒަން 2 ގެ ގަދަ 3 ބައިވެރިންކަމުގައިވާ ޙަމޫދު އަޙްމަދު، މުޙައްމަދު ތަސްނީމް، އަދި ޝަމްވީލް މުޙައްމަދު މިވަނީ އެ ބައިވެރިންގެ ޖާދޫގައި ޖައްސައި ޓީވީ ބަލާ މީހުންނާއި ޖަޖުންގެ ހިތް އަތުލުމަށް ލިބުނު އެންމެ ފަހު ފުރުޞަތުގެ ބޭނުންހިފާ، ވަރަށްވެސް ތަފާތު ހުށައެޅުންތަކެއް ޖަޖުންނާއި، ބެލުންތެރިންނަށް ގެނެސްދީފައެވެ. މި ތިން ބައިވެރިންގެ ތެރެއިން މޯލްޑިވިއަން އައިޑަލްގެ ޓައިޓްލް ހޯދާ ފަރާތެއް ކަނޑައަޅާނީ މިރޭގެ ޝޯވްއިންނެވެ.

މިރޭގެ ޝޯވް ޓީވީއެމުން ދަނީ ވަގުތުން ދުރަށް ދައްކަމުންނެވެ. މީގެ އިތުރުން ޕީއެސްއެމުން ދަނީ މޯލްޑިވިއަން އައިޑަލްގެ ރަސްމީ ޔޫޓިއުބް ޗެނަލް މެދުވެރިކޮށް ލައިވްކޮށް ދުރަށް ދައްކަމުންނެވެ.