މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓު މުޙައްމަދު ސަޢީދު މިހާރު ޗައިނާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެޤައުމުގެ ވައިސް މިނިސްޓަރ އޮފް ކޮމަރސް އާ މިއަދު ބައްދަލުކުރައްވައިފިއެވެ. 
 
މި ބައްދަލުވުމުގައި ޗައިނާއާއި ރާއްޖެއާ ދެމެދު އޮތް ވިޔަފާރީގެ ގުޅުން ބަދަހި ކުރުމާއި ގުޅޭގޮތުންނާއި، ދެޤައުމުގެ ވިޔަފާރީގެ ގުޅުން ކުރިއަށް އޮތްތާގައި އިތުރަށް ބަދަހި ކުރެވިދާނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ. 
 
މިނިސްޓަރ ސަޢީދު ޗައިނާއަށް ކުރައްވާ މި ދަތުރުފުޅަކީ މާދަމާ ފަށާ ސިލްކް ރޯޑް، ނުވަތަ ބެލްޓު އެންޑު ރޯޑު ފޯރަމްގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ދަތުރުފުޅެކެވެ. 
 
މާދަމާއިން ފެށިގެން ދެ ދުވަހުގެ މުއްދަތަކަށް ޗައިނާގެ ބައިޖިންގައި ބާއްވާ މި ބައްދަލުވުމުގައި 28 ޤައުމަކުން ބައިވެރިވާނެއެވެ.