ޚަބަރު

ޚާރިޖީ ވަޒީރު، ކޮންސުލް ޖެނެރަލް ފާކިޙްއާ ބައްދަލުކުރައްވައިފި


ފޮރިން މިނިސްޓަރ އަރިހަށް ލުބްނާންގައި ހުންނަވާ ރާއްޖޭގެ ކޮންސުލް ޖެނެރަލް ކުރެއްވި އިޚްތިރާމްގެ ޒިޔާރަތުގެ ތެރެއިން / ފޮޓޯ: ޕީއެސްއެމް

ޚާރިޖީ ވަޒީރު ޑރ. މުޙައްމަދު އާޞިމް، ލުބްނާންގައި ހުންނަވާ ދިވެހިރާއްޖޭގެ ކޮންސުލް ޖެނެރަލް، މުޙައްމަދު ޙުސައިން ފާކިޙްއާ ބައްދަލުކުރައްވައިފިއެވެ.

ފޮރިން މިނިސްޓްރީގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި ޑރ. ޢާސިމް ދެއްކެވި ވާހަކަފުޅުގައި ލުބްނާންގައި ހުންނަވާ ދިވެހިރާއްޖޭގެ ކޮންސުލް ޖެނެރަލް އެމަޤާމުގައި މީގެ ކުރިން ހުންނަވާ ކުރެއްވި ޚިދުމަތްތަކަށް ޝުކުރު އަދާކުރައްވާފައިވެއެވެ. އަދި އަލުން އެމަޤާމަށް ޢައްޔަންކުރެއްވުމުގެ މުނާސަބަތުގައި ޚާރިޖީ ވަޒީރުވަނީ ކޮންސުލް ޖެނެރަލަށް ތަހުނިޔާ ދަންނަވާފައެވެ.

އޮނޮރަރީ ކޮންސުލް ޖެނެރަލް ދެއްކެވި ވާހަކަފުޅުގައި ރާއްޖެއާއި ލުބްނާންއާ ދެމެދުގައިވާ ގުޅުން އިތުރަށް ހަރުދަނާކުރެއްވުމަށާއި ދިވެހިރާއްޖޭގެ ތަރައްޤީއަށް ކުރިއެރުން ގެނައުމުގައި މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަންދެއްވާފައިވެއެވެ. މީގެ އިތުރުން އެކި ދާއިރާތަކުން ދެޤައުމުގެ ދެމެދުގައި އިތުރަށް ގުޅުން ބަދަހިކުރުމަށް އިތުރު މަސައްކަތްތައް ކުރައްވާނެ ކަމުގެ ޔަގީންކަން އޮތްކަމުގައި ވިދާޅުވެ، ދެޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ފުޅާކުރެވޭނެ ދާއިރާތަކާއި ބެހޭގޮތުން ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.