ވިޔަފާރި

ތާޒާ ފެން އުފައްދާ މިންވަރު އިތުރުކޮށްފި


ތާޒާ ފެން އުފައްދާ މިންވަރު އިތުރުކޮށްފައިވާ ކަމަށް އައިލެންޑް ބެވަރޭޖާޒްއިން ހާމަކޮށްފިއެވެ.

މި ދުވަސްވަރު ފުޅީގައި ބަންދުކުރާ ފެން ލިބުން ދަތިވެފައިވުމުން ތާޒާ ފެން އުފައްދާ ބޮޓްލިންގ ޕްލާންޓްތައް ދުވާލަކު 24 ގަޑިއިރު ހިންގަން ފަށާފައިވާކަމަށް އެމްޑަބްލިއުއެސްސީގެ ދަށުން ހިންގާ އައިލެންޑް ބެވަރޭޖާޒްއިން ބުނެއެވެ. މިކަމާއި ގުޅޭގޮތުން އެކުންފުނިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، މިދުވަސްވަރަކީ ހޫނު މޫސުން ކަމުގައިވާތީ ފުޅީގައި ބަންދުކުރާ ފެން ބޭނުންކުރާ މިންވަރު އިތުރުވެފައިކަމަށާއި ބާޒާރުގައި ފެންލިބުން ދަތިވެފައިވާތީ، ރައްޔިތުންނަށް ލުއި ފަސޭހަކޮށްދިނުމުގެ ގޮތުން، ތާޒާ ފެން އުފައްދާ މިންވަރު އިތުރުކުރުމަށް ތާޒާ ފެން އުފައްދާ ބޮޓްލިންގ ޕްލާންޓްތައް ދުވާލަކު 24 ގަޑިއިރު ހިންގަން ފަށާފައިވާކަމަށެވެ. އަދި ރައްޔިތުން ބޭނުންވާ މިންވަރަށް ބޯފެން ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް އައިލެންޑް ބެވަރޭޖާޒްއިން ނެރުނު ބަޔާނުގައިވެއެވެ.