ޚަބަރު

ތަރައްޤީއަށް އެއްވެސް ހުއްޓުމެއް ނާންނާނެ- ޕީޕީއެމް


ކައުންސިލްތަކުގެ ގޮނޑިތައް ކޮންމެ ގޮތަކަށް ބެހިގެންދިޔަ ނަމަވެސް ތަރައްޤީއަށް އެއްވެސް ހުއްޓުމެއް ނާންނާނެކަމަށް ޕީޕީއެމުން ބުނެފިއެވެ. 

މިއަދު ޕީޕީއެމްގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެއްގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ، ސަރުކާރުން ރާއްޖެ ތަރައްޤީ ކުރައްވަނީ ރައްޔިތުންގެ ސިޔާސީ ޕިކުރަށް ބަލައިގެން ނޫންކަމަށާއި، ސަރުކާރަށް ކައުންސިލްގެ އަޣުލަބިއްޔަތު ލިބުނު ރަށްރަށުގައިވެސް، އަދި އެނޫން ރަށްރަށުގައިވެސް، ތަރައްޤީގެ މަޝްރޫޢުތައް ހުއްޓުމެއްނެތި ކުރިއަށްގެންދާނެކަމަށާއި، އިންތިޚާބެއްގެ ނަތީޖާއަކުން ތަރައްޤީއަށް މަޑުޖެހުމެއް ނާންނާނެކަމަށެވެ.

ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ އަޙްމަދު ނިހާން ހުސެއިން މަނިކު ވިދާޅުވީ، ސަރުކާރުން ކުރައްވާ މަސައްކަތްތަކަކީ ރައްޔިތުންނަށް ކުރިމަރިވެފައިވާ ދަތިތައް ޙައްލުކޮށްދެއްވައި، މައްސަލަތައް ޙައްލުކޮށްދެއްވުމުގެ މަސައްކަތްކަމަށެވެ. އެހެންކަމުން ވަކި ސަރައްދަކުން ސަރުކާރަށް ކުރާ ތާޢީދުކުޑަވުމަކީ އެސަރަޙައްދަކަށް އަންނަ ތަރައްޤީ މަޑުޖެހިގެންދާނެކަމެއް ނޫންކަމަށް ނިހާން ވިދާޅުވިއެވެ.