 
					
									
			އައްޑޫ ސިޓީ ޝަންގްރިލާ ވިލިނގިލި ރިސޯޓް އެންޑް ސްޕާގައި ފަތުރުވެރިއަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
 
އެރިސޯޓުގެ ކޮޓަރިއެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު މިފަތުރުވެރިޔާ މަރުވެފައި ވަނީ ކީއްވެގެންކަމެއް އަދި ސާފެއްނުވެއެވެ.
 
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ފުލުހުން ވިދާޅުވީ ރިސޯޓެއްގައި ފަތުރުވެރިއަކު މަރުވެފައި އޮއްވާ ފެނިގެން މިރޭ 7:17 އެހައިކަންހާއިރު، ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށާ މަރުވެފައި ވަނީ އުމުން 30 އަހަރުގެ އަންހެނެއް ކަމަށެވެ. އެ އަންހެންމީހާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް ފުލުހުން ވިދާޅުވޭ.