ޚަބަރު

މިލަންދޫގައި ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ ގޮތްޕެއް ހުޅުވައިފި


ށ.މިލަންދޫގައި ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ ގޮތްޕެއް ހުޅުވައިފިއެވެ. 

ށ.މިލަންދޫ ޤުރުއާނާބެހޭ މަރުކަޒު ހުޅުއްވައިދެއްވީ ށ.އަތޮޅަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް ޑރ.އަޙްމަދު ޒިޔާދު ކުރެއްވި ދަތުރުފުޅުގައި، މިލަންދުއަށް ވަޑައިގެންނެވެ. 

މިލަންދޫ ކައުންސިލުން ޚަރަދުކުރައްވައިގެން ޤާއިމްކުރި މި ސެންޓަރުގައި ދެ ކްލާސް ރޫމް ހުރެއެވެ. މިތަނުގައި ޤުރުއާނާބެހޭ މަރުކަޒުން ހިންގަވަމުން އަންނަ ޤުރުއާނާބެހޭ ތަފާތު ކޯސްތައް ހިންގެވުމަށް ތައްޔާރުވަމުން ގެންދަވާ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ. 

މިނިސްޓްރީން ވިދާޅުވީ، ކުރިއަށް އޮތް ރަމަޞާން މަހުގެ ކުރިން މިލަންދޫ ގޮފީގައި ކޯސްތައް ފެށްޓެވުމަށް ހަމަޖެހިފައިވާ ކަމަށެވެ. 

ޤުރުއާނާބެހޭ މައުރަޒުގެ ޤޮފިތަށް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޤާއިމްކުރެއްވުމަށް އެސެންޓަރުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން މިހާތަނަށް ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮފި ފަނަރަ އަތޮޅެއްގައި ޤާއިމްކޮށް ޚިދުމަތް ދެމުން ގެންދެއެވެ. އެންމެ ފަހުން ޤުރުއާނާބެހޭ މަރުކަޒުގެ ގޮތްޕެއް ހުޅުވާފައިވަނީ ތ.ގުރައިދޫގައެވެ.