ޚަބަރު

ފާލްސާގޭގެ އާއިލާއަށް އެހީވުމަށް ފަންޑެއް ހުޅުވައިފި


މިދިޔަ ހުކުރު ދުވަހު ގދ. ނަޑެއްލާ ފާލްސާގޭގެ ރޯވެ އަނދާ ހުލިވެފައިވާތީ އެ އާއިލާ އަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި އެ ރަށު ކައުންސިލުގެ ފަރާތުން ޚާއްސަ ފަންޑެއް ހުޅުވައިފިއެވެ.

ފާލްސާގޭގެ އާއިލާއަށް އެހީވުމަށް ރަށުގެ ދެ ސަރަޙައްދެއްގައި ފަންޑު ފޮށި ބަހައްޓާފައިވާކަމަށް ކައުންސިލުން ވިދާޅުވެއެވެ. އަދި  އަދި އެ އާއިލާއަށް އެހީތެރިވާން ބޭނުންވާ ފަރާތްތަކަށް ފައިސާ ޖަމާކުރެވޭނެ އެކައުންޓު ނަމްބަރެއްވެސް ނަޑެއްލާ ކައުންސިލުން ވަނީ ޢާންމުކޮށްފައެވެ.

ފާލްސާގޭގައި ހިނގި އަލިފާނުގެ ހަދިސާގައި އެ ގެ ވަނީ އެއްކޮށް އަނދާ ހުލިވެފައެވެ.

މި ހިތާމަވެރި ހާދިސާ އާއި ގުޅިގެން، ރައީސްގެ ޚާއްސަ މަންދޫބެއްގެ ގޮތުން ނާއިބު ރައީސް އަބްދުﷲ ޖިހާދު ވަނީ އެގެއަށް ވަޑައިގެން ގޭގެ ވެރިންނާ ބައްދަލުކުރައްވާ ހާލު ބައްލަވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވަނީ އެ ގޭގެ މީހުންނަށް ވަގުތީގޮތުން ބޯހިޔާވަހިކަންވެސް ހަމަޖައްސަވައިދެއްވާ، މިވަގުތު ހުރި ދަތިތަކުން އަރައިގަތުމަށް އެހީއެއްގެ ގޮތުން 50،000 ރުފިޔާވެސް ދެއްވާފައެވެ. މީގެ އިތުރުން ލިބުނު ގެއްލުންތައް ބެއްލެވުމަށްފަހު، އެ ގޭގެ ވެރިފަރާތަށް އެ ގެއްލުމުގެ ބަދަލު ދެއްވާނެކަމުގެ ޔަޤީންކަންވެސް ސަރުކާރުން ވަނީ ދެއްވާފައެވެ.