ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ 17 ވަނަ އިންޓަރ ރިސޯޓް ކްރިކެޓް މުބާރާތުގެ ޗެމްޕިއަންކަން ކްރޮސްރޯޑްސް މޯލްޑިވްސްއިން ހޯދައިފިއެވެ.
މާފަންނު ކުޅިވަރު އެކުވެނީގައި ކުރިއަށްދިޔަ މިމުބާރާތުގެ ތަށި ކްރޮސްރޯޑްސް މޯލްޑިވްސްއިން އުފުލާލީ ސަން ސިޔާމް ރިސޯޓްސް އާއި ވާދަކޮށް 2 ލަނޑުގެ ހަނި ފަރަގަކުން މެޗު ކާމިޔާބުކޮށްގެންނެވެ.
ބުދަ ދުވަހު ހަވީރު ކުޅުނު މިމެޗުގައި ގުރުދިމާވެގެން ކްރޮސްރޯޑްސް މޯލްޑިވްސްއިން ގަސްދުކުރީ ކުޅެން އަރާށެވެ. އެޓީމުން ވަނީ ކުޅެން އަރާ 3 އޯވަރަށް 116 ލަނޑު ހަދާފައެވެ. ސަން ސިޔާމް ރިސޯޓްސްއަށް 3 އޯވަރަށް ހެދުނީ 114 ލަނޑެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ސީއާރްއެމްގެ ދަނަންޖަޔާ މަދޫޝާންއެވެ.
ފައިނަލް މެޗަށްފަހު ޗެމްޕިއަން ޓީމަށް ޓްރޮފީ ހަވާލުކޮށްދެއްވީ ސީބީއެމްގެ ރައީސް މުހަންމަދު ފައިސަލްއެވެ. އޭގެ އިތުރުން ސީބީއއެމްގެ ނައިބު ރައީސް އަހްމަދު އިސްހާގުވެސް ވަނީ މުބާރާތުގެ އެކި ވަނަތަކަށް ހޮވުނު ކުޅުންތެރިންނަށް މެޑައްޔާއި ޓްރޮފީ ހަވާލުކޮށްދެއްވާފައެވެ.
މުބާރާތުގެ އެންމެ މޮޅު ބޯލަރަކަށް ހޮވުނީ އެމް ސުރަންޖަން އެވެ. އޭނާވަނީ މުބާރާތުގެ އެންމެ ބޮޅު ބެޓްސްމަންގެ މަގާމުވެސް ހޯދާފައެވެ. އޭގެ އިތުރުން އެންމެ މޮޅު ފީލްޑަރަކަށް ހޮވުނީ މަނިޝް ރަސްތޫރީއެވެ. އަދި މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ ޝަރަފު ހޯދީ ސީއާރްއެމްގެ ދަނުޝްކާ ސެނަދީރާއެވެ.
ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މިމުބާރާތުގައި ޖުމްލަ 11 ރިސޯޓަކުން ވާދަކުރިއެވެ.
އިންޓަރ ރިސޯޓް ކުރިކެޓް ޗެމްޕިއަންކަން ކްރޮސްރޯޑްސް މޯލްޑިވްސްއިން ހޯދާފައިވަނީ ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް ސައްތައިން ސައްތަ ރިކޯޑަކާއެކުއެވެ.