ސިއްހަތު

ދިޔަމިގިލީ ސިއްޙީމަރުކަޒުގެ އައު ލެބޯރެޓަރީގެ ބިންގާ އަޅުއްވައިފި


ތ.ދިޔަމިގިލީ ސިއްޙީ މަރުކަޒުގައި އަލަށް ޙައްދަވާ ލެބޯރެޓަރީގެ ބިންގާ އަޅުއްވައިފިއެވެ. އެތަނުގެ ބިންގާ އަޅުއްވައިދެއްވީ، އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒިޔާދު ތ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ދިޔަމިގިއްޔަށް ވަޑައިގެންނެވެ.

ދިޔަމިގިލީ ސިއްޙީ މަރުކަޒާ އިންވެގެން ހައްދަވާ މި ލޯބްރެޓަރީއަކީ، ކައުންސިލްގެ ބަޖެޓުން އަށްސަތޭކަ ހާހަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރައްވައިގެން ހައްދަވާ ލެބޯރެޓަރީއެކެވެ. މިތަނުގެ މަސައްކަތް ކުރިއަށް އޮތް ހަތަރު މަސް ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށް ދިޔަމިގިލީ ކައުންސިލުން ވިދާޅުވެއެވެ.

img:http://s4.psmnews.mv/images/660x400/14935605135147.jpg|ގުރައިދޫ ސިއްހީމަރުކަޒުގެ ލެބޯރެޓަރީގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: އިސްލާމިކް މިނިސްޓްރީ

އަށްގަޑިއިރު ޚިދުމަތް ދެއްވަމުން ގެންދަވާ ދިޔަމިގިލީ ސިއްޙީ މަރުކަޒުން މިހާރު ޓެސްޓުތައް ހަދަނީ، އެއަތޮޅު ގުރައިދޫ ހޮސްޕިޓަލަށް ސާމްޕަލް ފޮނުވައިގެން ކަމަށް ދިޔަމިގިލީ ސިއްޙީ މަރުކަޒުން ވިދާޅުވެއެވެ. ދިޔަމިގިއްޔަކީ، އަށްސަތޭކަ އަށްވުރެ ގިނަ މީހުންގެ އާބީދީއެއް ދިރިއުޅޭ ރަށެކެވެ.