ވިޔަފާރި

ދިރާގުން "އެސް އެއިޓް" ރާއްޖޭގެ ބާޒާރަށް ތަޢާރަފްކޮށްފި


ސެމްސަންގ ކުންފުނީގެ އެންމެ ފަހުގެ ދެ ސްމާޓްފޯނު "ގެލެކްސީ އެސް 8 އަދި އެސް 8 ޕްލަސް" ދިރާގުން މިއަދު ރާއްޖޭގެ ބާޒާރަށް ތައާރަފްކޮށްފިއެވެ.

ދިރާގްގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ހަފްލާއެއްގައި ވަނީ ގެލެކްސީ އެސް 8 އަދި އެސް 8 ޕްލަސް ދައްކާލާފައެވެ. ގެލެކްސީ އެސް އެއިޓް އަދި އެސް އެއިޓް ޕްލަސް ފަރުމާކޮށްފައިވަނީ އެންމެ ފަހުގެ ޒަމާނީ ޓެކްނޮލޮޖީ ހިމަނައިގެނެވެ. ދިރާގުން ވަނީ، ގެލެކްސީ އެސް އެއިޓް އަދި އެސް އެއިޓް ޕްލަސް ޕްރި އޯޑަރ ކުރުމުގެ ފުރުސަތު ހުޅުވާލާފައެވެ. ދިރާގުގެ ޕްރޮޑަކްޓް މެނޭޖަރ މޯބައިލް ސަރވިސް އަހުމަދު އިޝާން ވިދާޅުވީ، ޕްރި އޯޑަރ ކުރުމުގެ ފުރުސަތު މިރޭ ބާރައިގެ ނިޔަލަށް ހަމަވާނޭކަމަށެވެ.

ދިރާގުން ވަނީ އެކުންފުނީގެ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ފަސޭހަކަމާއިއެކު ގެލެކްސީ އެސް އެއިޓް އަދި އެސް އެއިޓް ޕްލަސް ގަންނަން ލިބޭނޭ އިންތިޒާމް ހަމަޖައްސާފައެވެ. ޕްރި އޯޑަރު ކުރި ކަސްޓަމަރުންނަށް އަންނަ މަހުގެ ފަސްވަނަ ދުވަހުން ފެށިގެން ފޯނު ހަވާލުކުރަމުންދާނޭކަމަށް ދިރާގުން ބުނެއެވެ.