ޚަބަރު

ސްޓެލްކޯއިން ފިއުލް ސަރޗާޖް ކުޑަކޮށްފި


ތެލުގެ އަގު ހެޔޮވުމާއި ގުޅިގެން ސްޓެލްކޯއިން ފިއުލް ސަރޗާޖް ކުޑަކޮށްފިއެވެ.

ސްޓެލްކޯއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ، އެ ކުންުފުންޏަށް ޑީސަލް ގަންނަން ލިބޭ އަގު މިއަދުން ފެށިގެން 9.18 ރުފިޔާއަށް ކުޑަވެފައިވާކަމަށެވެ. 

މިއީ މިހާރު ޑީސަލް ގަންނަން ލިބޭ ވަރަށްވުރެ ލީޓަރަކުން 10 ލާރީގެ ކުޑަ އަދަދެއްކަމަށާ، އެހެންކަމުން މިއަދުން ފެށިގެން ފިއުލް ސާރޗާރޖްގެ ގޮތުގަައި އެކުންފުނިން ނަގަމުންދާ މިންވަރު ޔުނިޓަކަށް %8 ކުޑަކޮށްފައިވާކަމަށެވެ. 

tw:https://twitter.com/STELCOMALDIVES/status/856023476414562304