ޚަބަރު

ފެނަކަ ކޯޕަރޭޝަނުން ފިއުލް ސަރޗާޖް ކުޑަކޮށްފި


އެސްޓީއޯއިން ތެލުގެ އަގު ހެޔޮ ކުރުމާގުޅިގެން ފެނަކަ ކޯޕަރޭޝަނުން ފިއުލް ސަރޗާޖް ކުޑަކޮށްފިއެވެ.ފެނަކައިން ވަނީ ފިއުލް ސަރޗާޖުން ޔުނިޓަކުން 3 ލާރި އަގު ހެޔޮކޮށްފައެވެ.ކަރަންޓްގެ އަގުހެޔޮ ކުރުމާގުޅޭގޮތުން މީޑިޔާތަކަށް މަޢުލޫމާތު ދެއްވަމުން، ފެނަކަ ކޯޕަރޭޝަންގެ ޗެއަރމަން އިޤްބާލް އާދަމް ވިދާޅުވީ، ކަރަންޓްގެ އަގު ހެޔޮ ކޮށްފައިވަނީ ތެލަށް އައި ބަދަލާ އަޅާބަލާއިރު އެންމެ އެކަށީގެންވާ މިންވަރަށް ކަމަށެވެ. އަދި މިއާއެކު ކަރަންޓް ބިލަށް އަންނަ ބަދަލު އެންމެ ރަގަޅަށް ފާހަގަކުރެވޭނީ ގިނައިން ކަރަންޓް ބޭނުންކުރާ ފަރާތްތަކަށް ކަމަށް އިޤްބާލް ވިދާޅުވިއެވެ.ރާއްޖޭގެ 153 ރަށެއްގައި ފެނަކަ ކޯޕަރޭޝަނުން ދަނީ އިންޖީނުގެ އޮޕަރޭޓް ކުރަމުންނެވެ.