ތަރައްްޤީ

އޭދަފުށްޓާއި ވިލުފުށީގެ ފެނުގެ ނިޒާމްގެ މަސައްކަތް ހަވާލުކޮށްފި


ބ. އޭދަފުށްޓާއި ތ. ވިލުފުށީގެ ބޯފެނުގެ ނިޒާމް ޤާއިމުކުރެއްވުމުގެ މަސައްކަތް 74.3 އަށެއް މިލިއަން ރުފިޔާއަށް އަމިއްލަ ކުންފުންޏަކާއި ހަވާލުކުރައްވައިފިއެވެ.

މި މަސައްކަތް ހަވާލުކޮށްފައިވަނީ ސެނޮކް ޓްރޭޑް ކޮމްބައިން ޕްރައިވެޓް ލިމިޓެޑާއެވެ. މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެންވަޔަރަމެންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ތާރިޤް އިބްރާހިމްއެވެ. ސެނޮކް ޓްރޭޑް ކޮމްބައިން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ ޓެކްނިކަލް މިސްޓަރ ޖީ.އޭ.އެމްއެވެ.

ބ. އޭދަފުށްޓާއި ތ. ވިލުފުށީގެ ބޯފެނުގެ ނިޒާމް ޤާއިމުކުރެއްވުމުގެ މަޝްރޫއު ކުރިޔަށް ގެންދަވަނީ  އޮޕެކް ފަންޑް ފޮރ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ލޯން އެހީ އާއި ދިވެހި ސަރުކާރުގެ ބަޖެޓުން ހަރަދުކުރައްވައިގެނެވެ. މިމަޝްރޫޢުގެ ދަށުން ބ. އޭދަފުށީގައި 15 ކިލޯމީޓަރުގެ ބޯފެނުގެ ވިއުގައެއް ޤާއިމުކޮށް 192 ޓަނުގެ އާރު.އޯ ޕްލާންޓެއް ބެހެއްޓޭނެއެވެ. އަދި ވިލުފުށީގައި 11 ކިލޯމީޓަރުގެ ބޯފެނުގެ ވިއުގައެއް ޤާއިމުކޮށް 156 ޓަނުގެ އާރު.އޯ ޕްލާންޓެއް ބެހެއްޓޭނެއެވެ.  

މި މަޝްރޫޢު ނިމޭއިރު އޭދަފުށްޓާއި ވިލުފުށީގައި ހުރިހާ ގޭބީސީތަކާއި މުއައްސަސާތަކަށް ބޯފެނުގެ ޚިދުމަތް ގުޅާ ދިނުމަށްވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢުގެ މަސައްކަތް ނިންމާ 7 މަސް ދުވަހުގެ ތެރޭގައި ހަވާލުކުރަންޖެހެއެވެ.