ކުޅިވަރު

ސެމީ ފައިނަލަށް ނުދިޔަސް މާޔޫސް ނުވަން - ލެސްޓަރ ކޯޗް


ސެމީ ފައިނަލަށް ނުދިޔަސް މާޔޫސް ނުވާ ކަމަށާއި މިހިސާބަށް އާދެވުމަކީވެސް ކާމިޔާބީއެއް ކަމަށް ލެސްޓަރ ސިޓީގެ ކޯޗް ކްރިގް ޝޭކްސްޕެއާ ބުނެފިއެވެ. 

ޗެމްޕިއަންސް ލީގު ދެވަނަ ބުރުގައި ރޭ އެތްލެޓިކޯ މެޑްރިޑާ ލެސްޓަރ ސިޓީ ވާދަކުރި މެޗު ނިމުނީ އެއްލަނޑު އެއްލަނޑުން އެއްވަރުވެގެންނެވެ. މިނަތީޖާޔާއެކު ލެސްޓަރ ކެޓީ ދެލަނޑު އެއްލަނޑުގެ އެގްރިގޭޓުންނެވެ. ފުރަތަމަ ލެގު އެތުލެޓިކޯ މެޑްރިޑް ކާމިޔާބުކުރީ އެއްލަނޑު ސުންލަނޑުންނެވެ. ކޯޗު ޝޭކްސްޕެއާ ބުނީ ލެސްޓަރއަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކަމަށާއި މިފަހަރު ޗެމްޕިއަންސް ލީގުގައި ލެސްޓަރ ނެރުނު ނަތީޖާ ތަކާމެދު ކުޅުންތެރިންނާ ސަޕޯޓަރުން އަދި މެނޭޖްމަންޓުންވެސް ފަޚުރުވެރިވާނެ ކަމަށެވެ. 

ރޭގެ މެޗުގައި އެތްލެޓިކޯ މެޑްރިޑްގެ ލަނޑު ކާމިޔާބުކޮށްދިނީ ސައުލް ނިގޭޒްއެވެ. މިއީ ޗެމްޕިއަންސް ލީގުގައި އެތްލެޓިކޯ މެޑްރިޑުން ޖެހި ސަތޭކަވަނަ ލަނޑެވެ. ލެސްޓަރގެ ލަނޑު ކާމިޔާބުކޮށްދިނީ ވާޑީއެވެ. އެތްލެޓިކޯ މެޑްރިޑްގެ ކޯޗް ސިމިއޯނީ ވަނީ މިމެޗަށްފަހު ލެސްޓަރ ކުޅުންތެރިން މުބާރާތުގައި ދެއްކި ކުޅުމަށް ތަޢުރީފްކޮށްފައެވެ. ޚާއްސަކޮށް މުބާރާތުގައި ފުރަތަމަ ފަހަރަށް ލެސްޓަރ ވާދަކުރި އަހަރު ކުއާޓަރ ފައިނަލާ ހިސާބަށް އާދެވުމަކީވެސް ކާމިޔާބީއެއް ކަމަށް ކޯޗް ސިމިއޯނީ ބުންޏެވެ. 

ލެސްޓަރ މުބާރާތާ ވަކިވިއިރު އެޓީމް އަމިއްލަ ދަނޑުގައި ބަލިނުވާކަން ފާހަގަކޮށްލެވެއެވެ.