ޚަބަރު

ޑިންގީއެއް ބަންޑުން ޖަހާލާ، މީހަކު މަރުވެއްޖެ


ގދ. ވާދޫ ކައިރިން ދަތުރުކުރި ޑިންގީއެއް ބަންޑުން ޖަހާލާ، މީހަކު މަރުވެއްޖެއެވެ.

މިއަދު ހެދުނު މި ޙާދިސާގައި މަރުވެފައިވަނީ ޑިންގީ ދުއްވަން އިން ގދ. ވާދޫ ނަރުގިސްވިލާ މުޙައްމަދު ޙަމީދުކަމަށް ފުލުހުން މަޢުލޫމާތުދެއްވައެވެ. 

ފުލުހުން ވިދާޅުވީ މި ޙާދިސާގައި ޑިންގީގެ ކެޕްޓަން މަރުވީ ގދ. ގައްދޫން 4 ޓޫރިސްޓުން ގޮވައިގެން، އެ އަތޮޅު ވާދޫ ކައިރީ އޮންނަ ރާޅާއަޅާ ޕޮއިންޓަށް ގޮސް އެމީހުން ބޭލުމަށްފަހު ޑިންގީގައި އޭނާ އެކަނި ދަތުރުކުރަމުންދަނިކޮށް ޑިންގީ ބަންޑުންޖަހާލައިގެންކަމަށެވެ. އަދި ޑިންގީ ދުއްވަން އިން މީހާ ގެއްލިގެން ހޯދަމުން ދަނިކޮށް އޭނާ ފެނިފައިވަނީ އެ ސަރަހައްދު އަޑީގައި އޮއްވާކަމަށެވެ. އޭނާ ނަގައިގެން ގދ. ގައްދޫ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށް އެ ހޮސްޕިޓަލާ ޙަވާލާދެއްވައި ފުލުހުން ވިދާޅުވެއެވެ.