ޚަބަރު

ޑޮމެސްޓިކް ޓަރމިނަލް ކުރިމަތީ އޮންނަ ޖެޓީތައް ތަރައްޤީކުރަނީ


ހުޅުލެ އިން މާލެއަށް ފެރީތައް ފުރުމަށް ޑޮމެސްޓިކް ޓަރމިނަލް ކުރިމަތީގައި އޮންނަ ސަރަޙައްދު ބަންދުކޮށް، އެ ސަރަޙައްދު ތަރައްޤީކުރުމުގެ މަސައްކަތް އަންނަ އާދިއްތަދުވަހު ފެށުމަށް ނިންމައިފިއެވެ. 

ހުޅެލެއިން މާލެއަށް ފުރާ ފެރީތައް މިހާރު ފުރަމުން އަންނަނީ ޑޮމެސްޓިކް ޓަރމިނަލް ކުރިމަތީ އޮންނަ ޖެޓީތަކުންނެވެ. މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ބުނީ އެސަރަޙައްދު ތަރައްޤީކުރުމަށް އަންނަ އާދިއްތަ ދުވަހުން ފެށިގެން ބަންދުކުރުމުން ދެން ހުޅެލެއިން ފުރާ ފެރީތައް ފުރާނީ، އިންޓަރނޭޝަނަލް ޓާމިނަލް ކުރިމަތީގައި އޮންނަ ޖެޓީތަކުންކަމަށެވެ. 

އެމްއޭސީއެލުން ބުނީ ހުޅުލެ އިން މާލެއަށް ފުރާ ފަރާތްތަކަށް ޓިކެޓް ވިއްކާ ކައުންޓަރުތައްވެސް ދެން ހުންނާނީ އެ ސަރަޙައްދުގައިކަމަށެވެ.