ޚަބަރު

ސައުތް އެފްރިކާގެ ފިޝަރީޒް މިނިސްޓަރ ރާއްޖެ ވަޑައިގެންފި


އަންނަ މަހު ބާއްވާ އިންޑިއަން އޯޝަން ޓޫނާ ކޮމިޝަނަށް ގުޅިފައިވާ ގައުމުތަކުން ގަރާރެއް އެކުލަވާލުމަށް އެކަމާއި ގުޅޭ މަޝްވާރަތަކަށް ސައުތު އެފްރިކާގެ މަސްވެރިކަމާ ބެހޭވަޒީރު ރާއްޖެ ވަޑައިގެންފިއެވެ.

ސައުތު އެފްރިކާގެ މިނިސްޓަރ އޮފް އެގްރިކަލްޗާރ ފޮރެސްޓްރީ އެންޑް ފިޝަރީޒް ސެންޒެނީ ޒޮކްވާނާ ރާއްޖެވަޑައިގަތުމުން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ ރާއްޖޭގެ މަސްވެރިކަމާބެހޭ ވަޒީރު ޑރ މުޙައްމަދު ޝައިނީއެވެ.

ސަރަޙައްދީ އެގާރަ ގައުމެއް ބައިވެރިވެގެން މާދަމާ ފެށުމަށް ހަމަޖެހިފައިވާ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށް ސައުތު އެފްރިކާގެ މަސްވެރިކަމާބެހޭ ވަޒީރު ރާއްޖޭގެ ވަޑައިގަތީ ޑރ ޝައިނީގެ ދައުވަތަކަށެވެ. މި ދައުވަތު ސައުތް އެފްރިކާގެ ވަޒީރަށް އަރުވާފައިވަނީ ފެބްރުއަރީމަހު ޑޜ ޝައިނީ އެ ޤައުމަށް ކުރެއްވި ޒިޔާރަތުގައެވެ.  

img:http://s1.psmnews.mv/images/660x400/14920772684562.jpg|ސައުތް އެފްރިކާގެ ފިޝަރީޒް މިނިސްޓަރަށް، މިނިސްޓަރ ޝައިނީ މަރުޙަބާ ދެންނެވުމަށް އެއަރޕޯޓުގައި / ފޮޓޯ: ފިޝަރީޒް މިނިސްޓްރީ

ސައުތު އެފްރިކާގެ ފިޝަރީޒް މިނިސްޓަރ މިއަދު ރާއްޖެ ވަޑައިގަންފައިވާއިރު ރާއްޖެއާއި ސައުތު އެފްރިކާއި ދެމެދު މަޝްވަރާތައް ކުރިޔަށް ގެންގޮސް ސަރަޙައްދީ ގައުމުތަކާ ގުޅިގެން މުހިންމު ނިންމުންތަކެއް ނިންމުމަށް ހަމަޖެހިފައިވާކަމަށް ފިޝަރީޒް މިނިސްޓަރ ވިދާޅުވިއެވެ. ސަރަހައްދީ އެގާރަ ގައުމެއް ގުޅިގެން މާދަމާ މި މަޝްވަރާތައް ފަށްޓަވާނެކަމަށް ފިޝަރީޒް މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖެ ވަޑައިގެން މީޑިއާއާ ވާހަކަފުޅު ދައްކަވަމުން ސައުތު އެފްރިކާގެ މިނިސްޓަރ އޮފް އެގްރިކަލްޗާރ ފޮރެސްޓްރީ އެންޑް ފިޝަރީޒް ސެންޒެނީ ޒޮކްވާނާ ވިދާޅުވީ އިންޑިޔާ ކަނޑުގެ ގައުމުތަކާ ގުޅިގެން ސައުތު އެފްރިކާއިން މަސައްކަތް ކުރުމަށް ތައްޔާރަށް އޮތްކަމަށެވެ.

"މީ ދިވެހިރާޢްޖެއަށް އަޅުގަޑު ކުރާ ފުރަތަމަ ދަތުރު. ވަރަށް އުފާވެފަ މިހިރީ. ރާއްޖޭގެ ފިޝަރީޒް މިނިސްޓަރ ދެއްވި ދައުވަތެއް މީ. ރާޢްޖެއަކީ ދެމެހެއްޓެނެވި މަސްވެރިކަން ކުރުމުގައި ނަމޫނާ ޤައުމަކަށް ވުމުން މި ދަތުރުގައި އެކަމަށް އަޅުގަނޑު އިސްކަން ދޭނަށް. ދެކުނު އެފްރިކާއާއި ރާއްޖެއަކީ ވެސް އިންޑީއާ ކަނޑުގައި މަސްވެރިކަން ކުރާ ދެގައުމަށް ވީމަ ރަގަޅު ނަތީޖާއެއް ހާސިލްކުރެވިދާނެ. މަސްވެރިކަމުގެ ދާއިރާގައި ރާޢްޖޭގައި ކުރިއަށްދާ ހަރަކާތަށް ގާތުން ބަލާލުމުގެ ފުރުސަތު ލިބިފައި މިއޮތީ." ޒޮކްވާނާ ވިދާޅުވިއެވެ.

ރާއްޖޭގެ މަސްވެރިކަން މިހާރަށްވުރެ ފުޅާދާއިރާއެއްގައި ދެމެހެއްޓެނިވި ގޮތެއްގައި ކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާއިރު ޓެންޒޭނިޔާގެ ފިޝަރާޒް މިނިސްޓަރ ވެސް ވަނީ ރާއްޖެއަށް ދަތުރުފުޅެއް ކުރައްވާ މަޝްވަރާތައް ކުރިޔަށް ގެންދަވާފައެވެ.