ވިޔަފާރި

ބޭނުންނުކުރާ 504 އެކައުންޓެއް ބީއެމްއެލްއިން ބަންދުކުރަނީ


ބޭނުންނުކުރާތާ ފަސްއަހަރު ވެފައިވާ 504 އެކައުންޓެއް ބަންދުކުރުމަށް ބޭންކް އޮފް މޯލްޑިވްސުން ނޯޓިސް ނެރެފިއެވެ.

ބޭންކް އޮފް މޯލްޑިވްސްއިން ޢާއްމުކޮށްފައިވާ ނޯޓިސްގައި ބުނެފައިވަނީ، ބަންދުކުރުމަށް ނޯޓިސް ނެރެފައިވާ، 504 އެކައުންޓުގެ ވެރިފަރާތުން މިއަހަރުގެ ޖޫންމަހުގެ އަށްވަނަ ދުވަހުގެ ކުރިން އެކައުންޓްގައި ހުރި ފައިސާއާ މެދު ޢަމަލުކުރަންވީ ގޮތެއް ޙިއްޞާ ނުކޮށްފިނަމަ، ހަމަޖެހިފައިވާ އުސޫލުން އެކައުންޓް ބަންދުކުރެވޭނޭކަމަށެވެ. އަދި އެކައުންޓްގައި ހުރި ފައިސާ ޤާނޫނުގައި ބަޔާންކޮށްފައިވާ ފަދައިން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއަށް ފޮނުވާނޭކަމަށް ބީއެމްއެލްއިން ބުނެއެވެ. 

މަރުކަޒީ ބޭންކާ ފައިސާ ޙަވާލުކުރުމަށްފަހު، ބަންދުކޮށްފައިވާ އެކައުންޓެއްގައި ހުރި ފައިސާ ނެގުމަށް އެދި ހުށަހަޅާ ފޯމް ފުރުމަށްފަހު ބީއެމްއެލްގެ ބްރާންޗަކަށް ހުށަހެޅުމުން އުވާލި އެކައުންޓުގެ ވެރިފަރާތަށް ފަސޭހަކަމާއިއެކު ފައިސާ ލިބޭނެއެވެ. ބޭނުން ނުކުރާތާ ފަސް އަހަރަށްވުރެ ގިނަ ދުވަސްވީ އެކައުންޓްތައް ބަންދުކުރުމަށް ބީއެމްއެލްއިން ނޯޓިސް ނެރެފައިވަނީ، ވޭތުވެދިޔަ ފަސް އަހަރުދުވަހުގެ ތެރޭގައި އެއްވެސް ވަރަކަށް އެކައުންޓްގެ މުޢާމަލާތްކޮށްފައި ނުވާތީކަމަށް ބީއެމްއެލްއިން ބުނެއެވެ.