ޚަބަރު

ޕޮލިހުން ތަހުޤީޤުކުރަމުންދާ މައްސަލައަކާ ގުޅިގެން މީހަކު ހޯދަނީ!


މޯލްޑިވްސް ޕޮލިސް ސަރވިސުން ތަހުޤީޤުކުރަމުންދާ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިޢުލާންކޮށްފިއެވެ. 

އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ތަހުޤީޤު ކުރަމުންދާ މައްސަލައަކާ ގުޅިގެން ހޯދަމުންދަނީ ކ.މާލެ / މ.ހިމްމިޔާ، އަޙްމަދު ޞަފްވާން (38އ) ކަމަށް ޕޮލިހުން ވިދާޅުވެއެވެ. ވީމާ އަޙްމަދު ޞަފްވާން އާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުގެ ޑިއުޓީ ނަމްބަރު 9790048 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ޕޮލިހުން އެދިވަޑައިގެންނަވައެވެ.

އަޙްމަދު ޞަފްވާން ހޯދަން އިޢުލާންކޮށްފައިވާއިރު އޭނާއަކީ ރައީސް މައުމޫން ހިންގަވާކަމަށް ވިދާޅުވާ ސިޔާސީ މަސައްކަތްޕުޅުގައި ހަރަކާތްތެރިވާ މީހެކެވެ.