ދުނިޔެ

މިސްރުގެ ވަގުތީ ސަރުކާރު އެކުލަވާލުން ކުރީގެ މިނިސްޓަރަކާ ހަވާލުކޮށްފި





 


މިޞްރުގެ ރައީސް އަދްލީ މަންސޫރު އެގައުމުގެ ވަގުތީ ސަރުކާރު އެކުލަވާލެއްވުމުގެ ޒިންމާ އެގައުމުގެ ކުރީގެ ހައުސިންގް މިނިސްޓަރު އިބްރާހީމް މަހްލަބާ ހަވާލުކުރައްވައިފިއެވެ.


 
މަހްލަބަކީ މިޞްރުގެ ކުރީގެ ބޮޑު ވަޒީރު ހާޒިމް އަލް ބެބްލާވީގެ ސަރުކާރުގެ ހައުސިންގް މިނިސްޓަރެވެ. ބެބްލާވީގެ ސަރުކާރު މަޤާމުން އިސްތިޢުފާ ދެއްވާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. ސަރުކާރު އިސްތިޢުފާ ދިން ސަބަބެއް ބެބްލާވީ ހާމަކުރައްވާފައެއް ނުވެއެވެ.


 
މިޞްރުގެ ދުވަހު ނޫހަކަށް ދެއްވި ބަސްދީގަތުމެއްގައި މަހްލަބް ވިދާޅުވީ، އޭނާ މަސައްކަތް ކުރައްވާނީ މިޞްރުގެ ރައްޔިތުންނަށް މިހާރު ކުރިމަތިވެފައިވާ މައްސަލަތަކަށް ހައްލެއް ހޯއްދެވުމަށް ކަމަށެވެ. އަދި ގައުމުގެ ސަލާމަތީ ޙާލަތު ވަރުގަދަކޮށް، ގައުމުގައި އެއްބައިވަންތަކަން އިތުރުކުރުމަށް ބާރު އަޅުއްވާނެ ކަމަށް މަހްލަބް ވިދާޅުވިއެވެ.